އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕަށް ކޮލިފައިވުމުގެ ފަހުގެ ފުރުސަތު

އުރީދޫގެ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑް ރައުންޑްގައި ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވައިލްޑް ކާޑް އަކީ 100،000ރ ފައިސާގެ އިނާމު ލިބޭ ޕަބްޖީ ޗެމްޕިއަންޝިޕް އަށް ކޮލިފައިވުމުގެ ފަހުގެ ފުރުސަތެވެ.

ވައިލްޑް ކާޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މޭ 25 ވަނަ ދުވަހުގެ ގެ ދަންވަރު 12 ގެ ކުރިން http://ore.do/pubgwildcard މެދުވެރިކޮށް ރެޖިސްޓާ ކުރަންވާނެ އެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ވައިލްޑް ކާޑްއަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު އަންނަ ޖޫން މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ އެންމެ ފަހުގެ ކޮލިފައިންގް ޓޯނަމަންޓް އެވެ. 2022 ވަނަ އަހަރުން ފެށިގެން ކޮންޓެންޑާ ކޮލިފައިން ސިލްސިލާއެއް ބޭއްވާ މިހާރު ވަނީ 9 ޓީމަކުން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ޖާގަ ހޯދާފަ އެވެ.

އުރީދޫން ބުނިގޮތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ވައިލްޑް ކާޑްގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓް ގައި ވާދަކުރެވޭނެއެވެ. މޭ 26 ގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 250 ރުފިޔާ ގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތާއި ޓީމް ލޯގޯ މޭ 25 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެ އެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް އަކީ 100،000 ރުފިޔާ ގެ ޕްރައިޒް ޕޫލަކާއެކު ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕަބްޖީ މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 16 ޓީމުން ވާދަކުރާއިރު 9 ޓީމެއް މިހާރު ވަނީ މި މުބާރާތުން ޖާގަ ހޯދާފަ އެވެ. ވައިލްޑް ކާޑްގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގަދަ 7 ޓީމަކަށް ބާކީ ހުރި ޖާގަ ލިބޭނެ އެވެ.

ވައިލްޑް ކާޑަށް ރެޖިސްޓާވުމަށް http://ore.do/contender ޒިޔާރާތްކޮށްލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.