އުރީދޫން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު މަސް ރޭހުގައި 83 ޓީމެއް ވާދަކުރާނެ

ރާއްޖޭގެ ހަތަރު ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ މަސް ރޭހުގައި 83 ޓީމަކުން ބައިވެރިވާން ރަޖިސްޓްރީކޮށްފި އެވެ.

އުރީދޫން ބުނިގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބަކާއެކު މިއަހަރުގެ މަސްރޭސްގައި ބައިވެރިވުމަށް ޖުމްލަ ރެޖިސްޓަރ ކުރި 83 ޓީމާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ.

އުރީދޫއިން ބުނި ގޮތުގައި އެ ކުންފުނީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ މި މަސް ރޭހަށް ހީވެސް ނުކުރާވަރުގެ ތަރުހީބެއް ލިބިފައިވާ ކަމަށާއި 83 ޓީމާއެކު މި މަސް ރޭސް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ، އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ. މި މުބާރާތް ކުރިއަށް ދާނީ، މާލެ، ކުޅުދުއްފުށި، އައްޑޫ އަދި ފުވައްމުލަކުގަ އެވެ.

މި މުބާރާތުގެ އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 10،000ރ. ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 5،000ރ. އެވެ.

މުބާރާތުގެ އެންމެ މޮޅު މަސްވެރިޔަކަށް 1،000ރ. ހުށަހަޅާފައި ވާއިރު އެންމެ މޮޅު އަންހެން މަސްވެރިޔާއަށް ވެސް 1،000ރ. ވަނީ ހުށަހަޅާފަ އެވެ.

މުބާރާތް ބާއްވާ ތާރީހުތައް

މާލެ: 4 އޮގަސްޓު

ކުޅުދުއްފުށި: 11 އޮގަސްޓު

އައްޑޫ: 18 އޮގަސްޓު

ފުވައްމުލައް: 25 އޮގަސްޓު

މާލެއިން 34 ޓީމު ބައިވެރިވާ އިރު ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމަކާއި ފުވައްމުލައް ސިޓީގެ 13 ޓީމަކާއެކު ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެއެވެ. އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަންބަލުން ޓީމުން މިއަހަރުވެސް ވާދަކުރާކަން އެކުންފުނިން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ. އަންހެން ޓީމަކުން ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނާ ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހެ ކަމަށް އުރީދޫން ބުންޏެވެ.

މި މުބާރާތުގެ އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 10،000ރ. ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 5،000ރ. އެވެ. މުބާރާތުގެ އެންމެ މޮޅު މަސްވެރިޔަކަށް 1،000ރ. ހުށަހަޅާފައި ވާއިރު އެންމެ މޮޅު އަންހެން މަސްވެރިޔާއަށް ވެސް 1،000ރ. ވަނީ ހުށަހަޅާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.