އުރީދޫ މަސްރޭސްގެ ރެކޯޑް މުގުރާލައި ކުޅުދުއްފުށި ސިޓީ ޗެމްޕިއަންކަން ޓީމް ބުޅިކެނޑި ކާމިޔާބުކޮށްފި

އުރީދޫ މަސްރޭސް 2023 ކުޅުދުއްފުށި ސިޓީގައި އިއްޔެ ނިންމާލައިފި އެވެ. މުބާރާތުގައި ބައިވެރިވި 21 ޓީމެއްގެ މެދުގައި ވަރުގަދަ ވާދަވެރިކަމާ އެކު ކުރިއަށް ދިޔަ މި މުބާރާތުގެ ވަނަތައް ލިބުނު ޓީމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއްވެސް ދީފަ އެވެ.

ކުޅުދުއްފުށީގައި ކުރިއަށްދިޔަ އުރީދޫ މަސްރޭސް 2023 ގެ ޗެމްޕިއަންޝިޕްކަން ހޯދާފައިވަނީ ރިކޯޑް އަދަދެއްގެ 1214.25 ޕޮއިންޓާ އެކު ޓީމް ބުޅި އެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ރަނަރަޕްކަން ހޯދާފާވަނީ 659.05 ޕޮއިންޓާއެކު ޓީމް ލައްޓި ކާމިޔާބުކުރިއިރު 612.35 ޕޮއިންޓާ އެކު ކުޅުދުއްފުށި ސިޓީ އިން 3 ވަނަ ކާމިޔާބުކޮށްފާވަނީ ކުރިބިއަންސް ޓީމުންނެވެ.

މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 25.85 ކިލޯ ގެ ހިބަރެކެވެ. އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕއިންކަން ހޯދި ބުޅިކެނޑި ޓީމުން ހަސަން އަލީ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ އުރީދޫ މަސްރޭސްގެ ތާރީހުގައި ހިބަރު މަސް ބޭނި ފުރަތަމަ ފަހަރެވެ. ޗެމްޕިއަން ޓީމް ބުޅި ކެންޑި 3 ހިބަރު ބާނާފައިވާއިރު ރަނަރަޕް ޓީމް – ޓީމް ލަޓީ ވެސް ދެ ހިބަރު ބާނާފައިވެ އެވެ. އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނާ ސީގިއާ ގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ދެ ވަނަ ހޯދި ލައްޓި ޓީމުގެ އާދަމް ހިލްމީ ހުނަރުވެރިކަމާ އެކު 16 މަސްބާނާ އެންމެ މޮޅު ކޮޔޮޅުގެ މަގާމު ކާމިޔާބުކޮށްފާވާއިރު އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ ދަމާނަގާ ޓީމުން ޚަދީޖާ މޫސާ އެވެ.

މި މުބާރާތުގެ ދެން ހުރި ސިޓީ ތަކުގައި މަސްރޭސް ކުރިއަށް ދާން ހަމަޖެހިފައިވަނީ ތިރީގައިމިވާ ތާރީޚުތަކުގައެވެ.

އައްޑޫ ސިޓީ: އޮގަސްޓް 18

ފުވައްމުލައް ސިޓީ: އޮގަސްޓް 25

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން ކުޅުދުއްފުށި ސިޓީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރެއެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.