ކިހާދު އާއި ދޮންފަނަށް ވެސް ރައީސްގެ ގިނަ ވައުދުތަކެއް

އެ މަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރަށް ހޮވިވަޑައިގެންފި ނަމަ ބ. ދޮންފަނަށާއި ކިހާދޫ އަށް ގިނަ މަސައްކަތްތަކެއް ކޮށްދިނުމަށް ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ދޮންފަނަށް ވަޑައިގެން ރަށުގެ ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ދޮންފަނަށް އެންމެ އިސްކަންދޭނީ އެރަށުގެ ބިން ހިއްކައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދިނުމަށް ކަމަށެވެ. އެގޮތުން ބިން ހިއްކައި ރޯހައުސް ނޫނީ ފްލެޓު އަޅައިދޭނެ ކަމަށް ރައީސް ވައުދުވެ ވަޑައިގެންނެވި އެވެ.

މީގެ އިތުރުން އެރަށު ސްކޫލުގައި ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހެދުމާއި ފުޓްބޯޅަ ދަނޑަކާ އެކު އެކި ކުޅިވަރުތައް ކުޅޭނެ ކޮމިއުނިޓީ ސެންޓަރެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި  ވޮލީ ކޯޓެއް  ކުޑަކުދިންގެ ޕާކެއް އަޅައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

“މި ރަށަށް (ދޮންފަނަށް) ދެން ވެސް ކަމެއް ކޮށްދޭނީ މި ސަރުކާރުން. މި ވާ ވައުދު، އަކުރުން އަކުރަށް ފުއްދައިދޭނަން.” ރައީސް ވިދާޅުވި އެވެ.

 ކިހާދޫއަށް ވަޑައިގެން މި ރަށުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އެ ރަށަށް މި ސަރުކާރުން ކޮށްދީފައިވާ ކަންތައްތަކުގެ އިތުރުން، ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ހެލްތު ސެންޓަރު ރަނގަޅުކޮށް، އެ ތަނުގެ ހިދުމަތް 16 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކޮށް، ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލާއި ސައިންސް ލެބު ހަދައިދިނުމަށް ވައުދުވެވަޑައިގެންނެވި އެވެ.

އޭގެ އިތުރުން ރަށުގެ ފަޅު ފުންކޮށް، އެކަންތައް ކޮށްދޭއިރު ސްވިމިން ޓްރެކެއް ހެދުމާއި އިންޖީނުގެ އާ ތަނަކަށް ބަދަލުކޮށް، ރަނގަޅަށް ކަރަންޓު ލިބޭނެ ގޮތް ހަދައިދިނުމާއެކު، އޭޓީއެމް މެޝިނެއް ބަހައްޓައިދޭނެ ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ ކިހާދުއަށް ވައުދުވެވަޑައިގެންނެވި ބަނދަރާއި ވޮލީކޯޓު ހަދައި ހުޅުވައިދެއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.