
ބީއެމްއެލް އިން ހިންގާ ކޮމިއުނިޓީ ފަންޑުން އެހީއަށް އެދި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި، ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ދިހަ ޕްރޮޖެކްޓަކަށް އެހީ ދޭނެ އެވެ.
އެހީ ލިބޭ ޕްރޮޖެކްޓްތައް:
- ފިޔަވަތީގައި ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދޭ ޕްރޮގްރާމް – ދަ ރީޑިންގ ރޫމް، ކ. ހުޅުމާލެ
- އަންހެނުންނަށް ހާއްސަ ޕްރޮގްރާމް – އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާރސް، ހއ. ތަކަންދޫ، އއ. އުކުޅަސް އަދި ވ.ފުލިދޫ
- ސައުންޑް ސިސްޓަމްއެއް ގާއިމްކުރުން – ތުޅާދޫ ސްޕޯޓްސް ކްލަބް، ބ. ތުޅާދޫ
- އައަޓްޑޯ ބީޗް ޝަވަރ އޭރިއާ – ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓް، ހދ. ނޮޅިވަރަންފަރު
- ކޮމިއުނިޓީ ޕްރޮގްރާމްސް – ފީނާ އެކަޑަމީ، ހއ. ދިއްދޫ
- ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް – ނާދިލް މުތައްހިދީން، ށ. މަރޮށި
- ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް – ކަޒިންސް ޔުނިޓީ ޓުވާރޑްސް އެމްޕަވަރމަންޓް، ރ. އަނގޮޅިޓީމު
- ވިންސިއަރ ފުޓްބޯލް ޓްރެއިނިންގ ޕްރޮގްރާމް – ވިންސިއަރ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ތ. ގުރައިދޫ
- ސްމާރޓް ސްކޫލް ސިސްޓަމްސް ހަރުކުރުން – މޯލްޑިވްސް ކޮމިއުނިޓީ އެންޕަވަރމަންޓް ނެޓްވޯކް، ލ. ގަން
- ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް – އިހަވަންދޫ މަސްވެރިންގެ ގުޅުން، ހއ. އިހަވަންދޫ
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ރާވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ދޭ ފަންޑެކެވެ. އެ ފަންޑުން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޕޯސަލް ހޮވައި އެ ކޮންމެ ޕްރޮޖެކްޓެއް ހިންގަން 50،000ރ. ގެ މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 100 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.