ގުރުއާން މުބާރާތުން އޭދަފުއްޓަށް ދެވަނަ، ތިންވަނަ ކެންދޫ

ބ. އަތޮޅު ގުރުއާން ]މުބާރާތުން ދެވަނަ ލިބުނު އޭދަފުށި ކައުންސިލް ޓީމް- ފޮޓޯ/އަތޮޅު ކައުންސިލް

ނަތީޖާ އިއުލާންކޮށް ޓްރޮފީ އާއި ހަނދާނީ ލިޔުން ދިން ފަހުން، ބ. އަތޮޅު ކައުންސިލުން ބޭއްވި އަތޮޅު ގުރުއާން މުބާރާތުގެ ނަތީޖާ ބަދަލުވެއްޖެ އެވެ.

ބ. އަތޮޅު ކައުންސިލުން މިހާރު އިއުލާން ކޮށްފައިވާ ގޮތުން މި މުބާރާތުން ދެވަނަ ލިބެނީ، ކުރިން ތިންވަނަ ލިބުނު އޭދަފުށީ ކައުންސިލެވެ. އަދި ކުރިން ދެވަނަ ލިބުނު ކެންދުއަށް ލިބުނީ މުބާރާތުން ތިން ވަނަ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި ނަތީޖާއަށް ބަދަލު އައިސްފައި މިވަނީ ޑޭޓާ ޝީޓްތައް އެންޓަރ ކުރުމުގައި އެރި އިދާރީ އޮޅުމަކުންނެވެ. ނަމަވެސް މިކަމުގެ ސަބަބުން އެއްވެސް ބައިވެރިއަކަށް ލިބިފައިވާ މާކްސް އަކަށް ބަދަލު ނާންނަ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

“މިއީ ދިމާވި އިދާރީ މައްސަލައެއް، އެކަން އަޅުގަނޑުމެންނަށް ފާހަގަވެގެން ކައުންސިލުތަކާ ވެސް ވަގުތުން ވާނީ އަންގާފައި، މިއީ އެއްވެސް ކުއްޖެއްގެ މާކްސް އޮޅިގެން ދިމާވި ކަމެއް ނޫން،” ކައުންސިލުން ވާހަކަދެއްކި އޮފިޝަލް ވިދާޅުވި އެވެ.

ބ. އަތޮޅު ގުރުއާން މުބާރާތުން ތިން ވަނަ ލިބުނު ކެންދޫ ކައުންސިލް- ފޮޓޯ/އަތޮޅު ކައުންސިލް

ބ. އަތޮޅުގެ ގުރުއާން މުބާރާތުގެ އެއް ވަނަ ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދީ ތުޅާދޫ ކައުންސިލުންނެވެ.

ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން މި މަހުގެ 2-4 އަށް ތުޅާދޫގައި ބޭއްވި ގުރުއާން މުބާރާތުގައި މިއަތޮޅުގެ ދިހަ ރަށަކުން ޖުމްލަ 147 ދަރިވަރުން ވާދަކޮށްފައިވާ އިރު، މުޅި މުބާރާތުގެ ފޮތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ ދަރަވަންދޫ ކައުންސިލުގެ ދާނިޝް ބިން މުހައްމަދު ފަތުހީ އެވެ. ހިތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ލިބުނީ ތުޅާދޫ ކައުންސިލުގެ ފާތުމަތު ނިޝްޔާ ޝުޖާއު އަށެވެ.

ބ. އަތޮޅު ގުރުއާން މުބާރާތުން 1 ވަނަ ވަނަ ލިބުނު ތުޅާދޫ ކައުންސިލް- ފޮޓޯ/އަތޮޅު ކައުންސިލް

މި މުބާރާތުގައި ހުރިހާ ކީ ސްޓޭޖްތަކެއް ވަކިން ވެސް ވަނަތައް ވަނީ ހޮވައި އިނާމުދީފަ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުމުގެ ބޭނުމަކީ، ގައުމީ މުބާރާތަށް ކުދިން ހޮވުމުގެ އިތުރުން މިއަތޮޅުގައި ގުރުއާނަށް ލޯބި ޖެހިފައިތިބި ދަރިންތަކެއް އުފެއްދުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ރޯނު އެދުރު

    ބ އަތޮޅު ކައުންސިލުން ކަޓު ވިސްނުން ދޫކުރަން ފެނޭ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ރަށެއްގެ ސްކޫލްތައް ވާދަވެރިކަމާއެކު ތަމްސީލްކުރި އިރު ކީސްޓޭޖްތައް ހަދައިގެން ރަށު ކައުންސިލްތައް މޮޔަ ހެއްދީ. އަތޮޅުގެ ތަޢުލީމު ކުރިއަރުވަން ތިޔަ އަތޮޅު ކައުންސިލުން ކުރާ ކަމެއް އެނގޭ މީހަކު ހުރިއްޔާ ބުނެލަ ދީބަލަ. ފެށުން ގޯސްކޮށް ދިޔަ ކަމެއް ނިމިގެން ވެސް ތިޔަ ދިޔައީ ތިހެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.