ތުޅާދޫގައި ހައިޑްރޮޕޯނިކްސް ޕްރޮގްރާމް އިފްތިތާހު ކޮށްފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހައިޑްރޮޕޯނިކްސް ޕްރޮގްރާމް ބ. ތުޅާދޫގައި އިފްތިތާހު ކޮށްފި އެވެ.

މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ތުޅާދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޙުސައިން އިސްމާޢީލްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން އެ ރަށުގެ ކައުންސިލްގެ މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ހައިޑްރޮޕޯނިކްސް އަކީ ފެނުގައި ގަސް އިންދުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ނިޒާމެކެވެ.

ހައިޑްރޮޕޯނިކްސް ޕްރޮގްރާމް އިއްޔެ އިފްތިތާހު ކޮށްފައިވާއިރު މި ނިޒާމް ބޭނުންކޮށްގެން ގަސް އިންދުމުގެ ތަމްރީން ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ޕްރޮގްރާމުގެ ދަށުން ތުޅާދޫގެ 10 ދަނޑުވެރިއަކަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު ހައިޑްރޮޕޯނިކްސް ސިސްޓަމް ގާއިމްކޮށްދޭނެ އެވެ.އެގޮތުން ކޮންމެ ދަނޑުވެރިއަކަށް ލެޓިއުސްފަދަ ފަތްޕިލާވެލި ހައްދާ ސިސްޓަމަކާއި ކިއުކަންބާ އާއި މެލަންގެ ބާވަތްތައް ހެއްދުމަށް ޚާއްސަ ސިސްޓަމެއް ޤާއިމްކޮށްދޭނެ ކަމަށް އެ މިނިސްތްރީން ބުންނެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމްގެ މަގުސަދަކީ ގޯތި ތެރޭގައި ހުރި ހުސްބިންކޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތްކޮށްގެން އެދެވޭ މަންފާއެއް ހޯދުމުގެ މަގު ފަހިކޮށްދިނުމެވެ. އަދި ދަނޑުބިމުގެ ގޮތުގައި ބޭނުންކުރުމަށް އެކަށީގެންވާ ބިން ލިބެންނެތް ރަށްރަށުގައިވެސް ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.