އަތޮޅުތަކުގައި ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވަންޖެހޭ: ރާފިއު

އަތޮޅުތަކުގައި ބައިނަލްއަގުވާމީ މުބާރާތްތައްވެސް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމުން ގެނެސްދޭ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ފެންވަރު ރަނގަޅު މުބާރާތްތައް ބޭއްވޭނީ މާލެގައި އެކަނި ނޫން ކަމަށާއި، އެއީ މުޅިން ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ބައިނަލްއަގުވާމީ މުބާރާތްތައް އަތޮޅުތެރޭގައި ބޭއްވުމަށްޓަކައި މިހާރު ހެދިފައިހުރި ތަންތަނުގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ.

އެގޮތުން މިހާރު ގެންނަށް ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަށް ކުރިޔަށްދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ކުރިމަގުގައި އަތޮޅު ތެރޭގައި ގާއިމުކުރެވިގެންދާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްތައް ބައްޓަން ވެގެންދާނީ އެ ބައްޓަމަށް ކަމަށްވެސް ވަނީ މިނިސްޓަރު ވިދާޅުވި އެވެ.

“އަތޮޅު ތެރޭގައި މީގެ ފަހުން ގާއިމުކުރެވިގެންދާ ކުޅިވަރު ފެސިލީޓީތައް ވެގެންދާނީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބޭ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ގާއިމުކުރެވިގެންދާ ފެސިލީޓީތަކަކަށް،” ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރިގްރާމުގައި ރާފިއު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.