ބ. އަތޮޅު ތައުލީމީ މަރުކަޒަށް ޑެޕިއުޓީ ޕްރިންސިޕަލަކު ހޯދަނީ

ބ. އަތޮޅު ތައުލީމީ މަރުކަޒަށުގެ ދަރިވަރުންތަކެއް އެސްމްބްލީގައި. އެ ސްކޫލަށް ޑެޕިއުޓީ ޕްރިންސިޕަލެއް ހޯދަން ވަނީ އިއުލާންކޯށްފައި

ގިނަ އަހަރު ތަކަކަށްފަހު ބ. އަތޮޅު ތައުލީމީ މަރުކަޒަށް ޑެޕިއުޓީ ޕްރިންސިލަޕަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ވާން ބޭނުންވާ ބޭފުޅުން އެކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި މި މަހުގެ 22 އެވެ.

ޑެޕިއުޓީ ޕްރިންސިޕަލެއްގެ ޝަރުޠު ތަކުގެ ތެރޭގައި ހިމެނެނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއި، ސްކޫލެއްފައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތް ކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ.

މަގާމުގެ އަސާސީ މުސާރައަކީ 13,809 ރުފިޔާއެވެ. މަގާމުގެ އެލަވަންސަކީ 6,444ރުފިޔާ އެވެ. ހާޒިރީ އެލަވަންސެއްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 174 ރުފިޔާ ލިބެއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަށް ޑެޕިއުޓީ ޕްރިންސިޕަލު ހޯދަން އިއުލާންކޮށްފައި މި ވަނީ އެތަނުގައި އެ މަގާމު ހުސްވެފައި ގިނަ އަހަރުތަކެއް ފަހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.