14 ޓީމާއެކު ފައިގަތަޅާ މުބާރާތް ފަށައިފި

މިއަދު ހަވީރު ފެށި ފައިތަޅާ ފޯރި މުބާރާތުގެ މެޗެއްގެ ތެރެއިން: – ފޮޓޯ: ޔާނިއު

ބ. އަތޮޅު ޕޮލިސް ރިކްރިއޭޝަން ކްލަބުން ބާއްވާ، ފައިގަތަޅާ މުބާރާތް 14 ޓީމާއެކު މިއަދު ހަވީރު ފަށައިފި އެވެ.

“އިންޓަރ އޮފީސް ފައިގަތަޅާ ފޯރި” ނަމުގައި ފެށި މި މުބާރާތުގައި އަންހެން 7 ޓީމާއި ފިރިހެން 7 ޓީމު ވަނީ ބައިވެރިވެފަ އެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފިރިހެން ކެޓަގަރީގެ ފުރަތަމަ މެޗުގައި އަވަށްޓެރި ފުލުހުންނާއި އޭދަފުށި ކައުންސިލް ބައްދަލު ކުރި މެޗް 34 ޕޮއިންޓް 32 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ އޭދަފުށި ކައުންސިލުގެ ޓީމެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޭދަފުށި ކައުންސިލް ޓީމްގެ ތޯއިފް ޢަބްދުއްރަޙްމާނެވެ.

ފިރިހެން ކެޓަގަރީގެ ދެވަނަ މެޗުގައި ވާދަކުރީ ޕޮލިސް އާއި ހޮސްޕިޓަލެވެ. އެ މެޗު ޕޮލިހުން ކާމިޔާބުކުރީ 37-33 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ޓީމުގެ ޢަލީ ރާޝިދެވެ.

މިއަދު ހަވީރު ފެށި ފައިތަޅާ ފޯރި މުބާރާތުގެ މެޗެއްގެ ތެރެއިން: – ފޮޓޯ: ޔާނިއު

އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ވާދަކުރީ އަތޮޅު ހޮސްޕިޓަލުގެ ހަށިހެޔޮ ޓިމާއި އޭދަފުށީ ކައުންސިލެވެ. އެ މެޗު އޭދަފުށީ ކައުންސިލު ޓީމުން ކާމިޔާބު ކުރީ 41-34 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޭދަފުށި ކައުންސިލް ޓީމުގެ މާރިޔަތު ޢަބްދުލް ބާރީ އެވެ.

އަންހެން ޑިވިޝަންގެ ދެވަނަ މެޗުގައި ވާދަކުރީ ބީއެމްއެލް ކޮމްބައިން ޓީމާއި އަތޮޅު ހޮސްޕިޓަލުގެ ދުޅަހެޔޮ ޓީމެވެ. އެ މެޗު 41-31 އިން ކާމިޔާބުކުރީ ބީއެމްއެލް ކޮމްބައިން ޓީމެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބީއެމްއެލް ކޮމްބައިން ޓީމުގެ ރިޝްފާ އެވެ.

ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްދާ މި މުބާރާތުގެ ހަތަރު މެޗު  މާދަމާ ވެސް ކުޅޭނެ އެވެ.

މުބާރާތް ކުރިއަށް ގެންދަނީ އޭފަދުށީ ދެކުނު ފަރާތު ބައިބަލާ ފަސްގަނޑުގައި ހަދާފައިވާ ފައިގަތަޅާ ކޯޓް ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.