ބީއެމްއެލް ސްމޯލް ގްރާންޓްސް އިން ކިހާދޫ އަށް ހައިޑްރޯޕޯނިކްސް ސިސްޓަމެއް


ބޭންކް އޮފް މޯލްޑިވްސްގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީއާއެކު ބ. ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޯނިކްސް ސިސްޓަމެއް ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިން ގާއިމްކޮށްފިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކިއުކަމްބާ އަދި ލެޓިއުސް ހެއްދުމަށް 4 ހައިޑްރޯޕޯނިކްސް ސިސްޓަމް ވަނީ ގާއިމްކޮށްފައެވެ. ކޮންމެ ސިސްޓަމެއްގައި 180 ސްލޮޓް ހިމެނޭއިރު، އެއްފަހަރާ 700 އަށް ވުރެ ގިނަ ގަސްހެއްދޭނެއެވެ. މި ޕްރޮޖެކްޓުން ލިބޭ އާމްދަނީ ބޭނުންކުރަމަށް ހަމަޖެހިފައިވަނީ ޖަމިއްޔާގެ ހަރަކާތްތަކަށެވެ.

 

ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ އާ ގުޅިގެން ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީއިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ދަނޑުވެރިކަމާއި ހައިޑްރޯފޮނިކްސް އާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ޓްރެއިންގ ސެޝަންތަކެއްވެސް ބާއްވާފައެވެ.  

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފް ކުރި ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑަކީ ތިމާވެށްޓާއި ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި ފަންޑެކެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.