ފައިނަލު މެޗް ބަލަން މާލެ ދާން ރަނުގެ ފުރުސަތެއް!

އޭދަފުށި ފުޓްބޯޅަ ޓީމް
އޭދަފުށި ފުޓްބޯޅަ ޓީމް

މިނިވަން ފުޓްބޯޅަ މުބާރާތުގެ ފައިނަލު މެޗުގައި އޭދަފުށީ ފުޓްބޯޅަ ޓީމަށް ސަޕޯޓް ކުރުމަށް މާލެދިއުމަށް ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމައިފި އެވެ.

އަންނަ ހޮނިހިރު ދުވަހުގެރޭ މާލޭ ގަލޮޅު ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗު ބެލުމަށް ދާން ބޭނުންވާ ފަރާތްތަކަށް ހިލޭ މި ދަތުރުތައް ހަމަޖައްސައިދީފައިވަނީ އޭދަފުށީގެ ބައެއް ވިޔަފާރިވެރިންނާއި ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު އެވެ. .

މެޗު ބެލުމަށާއި ޓީމަށް ސަޕޯޓް ކުރުމަށްދާން ބޭނުންވާ ފަރާތްތަކުން ‎7992334، ‎9813454، ‎7991220 އަދި ‎7951898 ނަމްބަރަށް ގުޅުއްވުމުން، ނަންނޯޓް ކުރުމުގެ ކަންތައް ހަމަޖެހިގެންދާނެ އެވެ.

ޓިކެޓް ދޫކުރުން އޮންނާނީ ހުކުރުދުވަހު މެންދުރުފަހު 14:30 އިން 6:30 އަށް އޭދަފުށީ ކައުންސިލު އިދާރާ ކުރިމަތިންނެވެ.

މިދަތުރުތައް ހަމަޖައްސާފައިވަނީ ނިޔާމަ އަދި އަގޯޓާ ބޯޓުގަ އެވެ. އޭދަފުށިން ފުރާނީ ހޮނިހިރު ދުވަހު ހެނދުނު 10:00 ގައި އަދި އެނބުރި މާލެއިން އަންނަން ފުރާނީ އެރޭ މެންދަމު 1:00 ގަ އެވެ.

މުބާރާތުގެ ފައިނަލުގައި އޭދަފުއްޓާ ބައްދަލުކުރާނީ ތިމަރަފުއްޓެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެރޭ 9:00 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.