ރައީސް ރ. އަދި ބ. އަތޮޅަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަދި ބ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ހުރިހާ އަތޮޅަކަށް ދަތުރު ކުރެއްވުމަށް ރައީސް ފައްޓަވާފައިވާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ރ. އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން މިއަދު އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ރ. އަލިފުއްޓަށެވެ.

އަލިފުއްޓަށް ފަހު ރައީސް މިއަދު ދެން ވަޑައިގަންނަން ހަމަޖެހިފައިވަނީ ރ. މީދުއަށެވެ. އެ ރަށުގައި މިރޭ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސްއާ އެކު މި ދަތުރުފުޅުގައި މިނިސްޓަރުންނާއި ސަރުކާރުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

ތިން ދުވަހުގެ މި ދަތުރުގައި ރ. އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން ބ. އަތޮޅަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފަ އެވެ. އަތޮޅުގެ ވެރިކަން ކުރާ ރަށް، އޭދަފުށީގެ އިތުރުން ތުޅާދު އާއި ދަރަވަންދު އާއި ހިތާދޫ އަދި ކެންދުއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

ރައީސްގެ މި ދަތުފުޅުގައި އެކި ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ބައްދަލުވުންތަކުގައި، ސަރުކާރުން ރަށްތަކަށް ގެންގުޅުއްވާ ތަރައްގީގެ މަޝްރޫއުތަކާއި ކައުންސިލްގެ ހުށަހެޅުންތަކާ ގުޅޭ ވިސްނެވުން ކައުންސިލްތަކާ ހިއްސާކުރައްވަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުޅުވެފައި ވަނީ އެމަނިކުފާނުގެ އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުންކަމުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.