އަތޮޅުގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސް ބ. އަތޮޅު ކައުންސިލާ މަޝްވަރާ ކުރައްވައިފި

ބ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން–ފޮޓޯ/ރައީސް އޮފީސް

ބ. އަތޮޅުގެ ތަރައްޤީގެ އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒު ބ އަތޮޅު ކައުންސިލާ މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ބ. އަތޮޅު ކައުންސިލުގެ އިދާރާގައެވެ.

އެ ބައްދަލުވުމުގައި، ބ. އަތޮޅުގެ ތަރައްޤީއަށް އެންމެ މުހިންމުކަންތައްތައް އަތޮޅު ކައުންސިލުގެ މެމްބަރުން ރައީސާ ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން–ފޮޓޯ/ރައީސް އޮފީސް

އެގޮތުން އަތޮޅުފިހާރަތަކުގެ ކުލި ނުލިބޭ މައްސަލައާއި ބަޔޮސްފިޔަރ ރިޒާވް އަދި ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގައި އަތޮޅު ކައުންސިލުގެ ދައުރު އޮންނަގޮތަށް ހަމަޖައްސަން ބޭނުންވާކަމަށާއި އަތޮޅުގައި އެކިކަންކަމަށް ދޫކޮށްފައިވާ ރަށްތަކުގެ މަޢުލޫމާތު އަތޮޅު ކައުންސިލާ ހިއްސާކުރުމުގެ މުހިންމުކަން ކައުންސިލް މެމްބަރުން ފާހަގަ ކުރެއްވި  ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން އަތޮޅުކައުންސިލުން ވަނީ ގެދޮރު އިމާރާތްކުރުމަށް ލޯނު ހަމަޖައްސައިދިނުމާއި ފެރީނިޒާމު ޤާއިމުކުރުމާއި އަދި ކުނިމެނޭޖްކުރުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި ފާހަގަކުރައްވާފައެވެ.

ބ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން–ފޮޓޯ/ރައީސް އޮފީސް

އެގޮތުން އަތޮޅުގައި ކުނިމެނޭޖްކުރުމާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަތޮޅު ކައުންސިލުން ކުރަމުންގެންދާ ބައެއް މަސައްކަތްތައް އަތޮޅުކައުންސިލުން ފާހަގަކުރެއްވިއެވެ. މ

އެ ބައްދަލުވުމުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއްދެއްވައިގެން ބައްލަވާނެކަމުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.