ހިއްކި ބިންތަކުގައި މީހުން އާބާދުކުރާނަން: ރައީސް

ރަށްރަށުގައި ހިއްކާފައި ހުރި ބިންތަކުގައި މީހުން އާބާދުކުރުމަށް ބޭނުންވާ ހުރިހާ އާއްމު ޚިދުމަތްތައް މި ދައުރުގެ ތެރޭގައި ގާއިމުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. މީދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރޭ  އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖެގެ އެކި ހިސާބުތަކުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައި ހުރިނަމަވެސް، އެ ބިންތަކުގެ މަންފާ ރައްޔިތުންނަށް ލިބެމުން ނުދާކަމަށެވެ.

“ބިން ހިއްކިފަ އެބަހުރި. އެކަމަކު އެތަނުގެ ބޭނުން ހިފުނުކަމަށްވަނީ އެތަނުގައި މީހުން އާބާދުވެ ދިރިއުޅެން ފެށުނީމަ. އެކަމަށް ހުރަހަކަށްވަނީ އަސާސީ ޚިދުމަތްތައް އެ ސަރަޙައްދުގަތުތަކުގައި ޤާއިމުވެފައި ނެތުން،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ބިމުގައި މީހުން އާބާދުވެ ދިރިއުޅުމަށް ބޭނުންވާ ހުރިހާ އަސާސީ ޚިދުމަތްތައް، ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެކަމަށެވެ.

އެގޮތުން ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށް، އެތަނުގައި މީހުން އާބާދުވުމަށް ކުރަންޖެހޭ މަސައްކަތް އަވަސްކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

“އޭރުން އެ ބިންތަކުގައި އާބާދު ކުރެވޭނީ.” ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.