އޭދަފުށި ޓީމަށް ސަލީމް ބައިލައްކަ ރުފިޔާ ދީފި

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024ގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ލ. ގަން 4-2 ގެ ނަތީޖާއަކުން ބަލިކޮށް ޗެމްޕިއަންކަން ހޯދި ބ. އޭދަފުށި ޓީމަށް ދާއިރާގެ މެންބަރު އަހުމަދު ސަލީމް ބައިލައްކަ ރުފިޔާގެ އެހީއެއް ދީފި އެވެ.

އޭދަފުށިން ހޯދި ތައްޓާއެކު އެޓީމުން އިއްޔެ ހަވީރު އަމިއްލަ ފަސްގަނޑަށް އައިއިރު, އެ ޓީމަށް އޭދަފުށި ރައްޔިތުން ނުކުމެ ވަނީ ހޫނު މަރުހަބާ އެއް ކިޔައިފަ އެވެ. ރަތް ދޫލައިގެ މަތިން ހިނގާފައި ކުޅުންތެރިން ރަށަށް ފައިބައި، އާންމުންނާ އެކު، މި ބޮޑު ކާމިޔާބީގެ އުފާފާޅުކުރި އެވެ.

އޭދަފުށި ބަދަރުން ޓީމަށް މަރުހަބާކީ, އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެވެ. އަދި ސަލީމަށްވަނީ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޓީމަށް ބައިލައްކަ ރުފިޔާގެ އެހީއެއް ދީފަ އެވެ.

އެ ރަސްމިއްޔާތުގައި އަހުމަދު ސަލީމް ވިދާޅުވީ, މި ކާމިޔާބީ ތަކުރާރުކުރުމަށް މަސައްކަތް ކުރުމަށް ޓީމުގެ ކުޅުންތެރިން ކިބައިން އެދިލައްވާފަ އެވެ. އަދި ކާމިޔާބީ ތަކުރާރު ކުރުމަށް ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަންވެސް ސަލީމް ދެއްވި އެވެ.

މި އަހަރުގެ މި މުބާރާތް އޭދަފުށިން ކާމިޔާބުކުރިއިރު، މި މުބާރާތުގެ “ކިންގް އޮފް ޓޯނަމެންޓް” ހޮވުނީ އޭދަފުށީގެ އިޝާން އިބްރާހީމް (ސައްޓު) އެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ އޭދަފުށީގެ ކެޕްޓަން އަބްދުالله ނާސިހު އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ސައްޓުގެ އިތުރުން ހައިޝަމް ހަސަން (ބިޑި) ހިމެނުނެވެ.

ފުޓްބޯޅައިގެ އިތުރުން. ސައުތު އޭޝިއަން ރީޖަނަލް ޖޫނިއާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރި އެތްލީޓުންގެ ތެރޭގައި ހިމެނޭ ބ. އޭދަފުށި، އުތުރުގޭ މުހައްމަދު ހައްޔާން ބިން އަބްދުލްހަންނާނު ހޯދި ކާމިޔާބީ އާ  ގުޅިގެން އޭނާ އަށް ހިތްވަރުދިނުމުގެ ގޮތުން ސަލީމުގެ ފަރާތުން ރޭ ވަނީ އޭނާ އަށްވެސް ދިހަ ހާސް ރުފިޔާގެ ފައިސާގެ އެހީއެއް ވެދެއްވާފައެވެ.

ހައްޔާން ވަނީ މި މުބާރާތުގެ 17 އަހަރުންދަށުގެ ޓީމު އިވެންޓް އަދި 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިން ބްރޯޒް މެޑެލް މެޑަލް ހޯދާފަ އެވެ. އޭނާ އަށްވެސް ރޭ ވަނީ މިރަށޫން ވަނީ ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.