ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭ ގޮތަށް، ފޭލި ގުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ދެ މީހަކަށް އުމުރާ ދަތުރެއް ލިބޭގޮތަށް، ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ރޯދަމަހު ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ފޭލި ޖަމިއްޔާއިން ބުނީ، މިއަހަރު މުޅި މުބާރާތުން ބަލައިގެން އަދި ހިތުން އެއްވަނަ ހޯދާ ދެ ބައިވެރިންނަށް އުމުރާ ދަތުރެއް އަލް ބުރޫޖް ހައްޖު އެންޑް އުމްރާ ގްރޫޕުން ހުށަހަޅާފައިވާ ކަމަށެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުރިއަށް ދާނީ ހަތް އުމުރު ފުރައަކަށް ބަހާލައިގެންނެވެ.

އެއީ 4 އަހަރާ 7 އަހަރާ ދެމެދު، 10 އަހަރުންދަށް، 13 އަހަރުންދަށް، 16 އަހަރުންދަށް، 19 އަހަރާއި 35 އަހަރާ ދެމެދު އަދި 35 އަހަރުން މަތީގެ އުމުރުފުރަ އެވެ. މި މުބާރާތުގައި ބައިވެރިވުމަށް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

ފޭލިން ޖަމިއްޔާއިން ބުނި ގޮތުގައި މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ހުށަހަޅަން ޖެހޭނީ އޮންލައިން ކޮށެވެ.

>

ފޭލި ޖަމިއްޔާއިން ބުނިގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ، ރަމަޟާންމަހަކީ އެމަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރުކަމަށްވާތީއާއި، އެ މައްސަރުގެ ބަރަކާތްތެރިކަމާއި، މާތްކަން އަޅުގަނޑުމެންގެ ޅަދަރިންނަށާއި ބޮޑެތި މީހުންނަށްވެސް އަންގައިދީ، ޅަދަރިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖައްސުވައި އިސްލާމްދީނުގެ ތަރަހަމަތީގައި އެކުދިން ތަރުބިއްޔަތުވުމުގެ ފުރުސަތު ހޯދައިދިނުމުގެ މާތް މަގްސަދުގައެވެ.

މި މުބާރާތަކީ 2002 އިން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ޖަމިއްޔާއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އެގޮތުން މިއީ މި މުބާރާތް ބާއްވާ 19 ވަނަ އަހަރެވެ.

މި މުބާރާތާގުޅޭ އިތުރު މައުލޫމާތު 7977087 އަދި 9631111 އަށް ގުޅުމުން ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.