އުރީދޫން އިސްރަށްވެހިންނަށް ބޭއްވި ފުރަތަމަ އިފްތާރު އައްޑޫ ސިޓީގައި

އުރީދޫ މޯލްޑިވްސް އިން އައްޑޫ ސިޓީގައި، އިސްރަށްވެހިންނާއި ޒުވާނުން އެއްކޮށް ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

އުރީދޫން ބުނިގޮތުގައި މިއީ އުރީދޫއިން މި ރޯދަމަހު އިފްތިތާހު ކުރި ސީއެސްއާރު ކެމްޕެއިން “އިސްރަށްވެހިންނާއިއެކު” ގެ ދަށުން ބޭއްވުނު ފުރަތަމަ ރޯދަ ވީއްލުމެވެ.

އުރީދޫން ބުނިގޮތުގައި އިވެންޓްގެ މަގްސަދަކީ އިސްރަށްވެހިންނާއި ޒުވާނުން ހިތްހަމަ ޖެހޭ މާހައުލެއްގައި ދިމާވެ، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. މި ސީރީޒްގެ ދަށުން އަދި ރާއަޖޭގެ އިތުރު ހިސާބުތަކުގައިވެސް ރޯދަ ވިއްލުން ބޭއްވުމަށް ރޭވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.  

އައްޑޫ ސިޓީގެ މޭޔަ އަލީ ނިޒާރު ވަނީ މި ރޯދަ ވީއްލުމުގައި ބައިވެރިވެފައެވެ. މިއީ އިސްރަށްވެހިން ކަންކަމުގައި ބައިވެރިކޮށް މުޖުތަމައުގެ އެއްބައިވަންތަކަން ހަރުދަނާ ކުރުމަށް ދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.

އުރީދޫގެ އަމާޒަކީ މިފަދަ ހަރަކާތްތަށް މެދުވެރިކޮށް މުޖުތަމައުގެ މޭސްތިރިން ކަމަށްވާ އިސްރަށްވެހިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވުން އިތުރުކުރުމެވެ. އަދި މިހަރަކާތްތައް މެދުވެރިއަކަށްވެ މުޖުތަމައުގައި އެކަކު އަނެކަކަށް ކުރާ އިހްތިރާމު އިތުރުވެ، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް އުފެދުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.