ބ އަތޮޅު ކައުންސިލް ބަށި މުބާރާތް މިއަދު ފަށައިފި

މިއަދު ހަވީރު ގޮއިދޫ އާއި ކިހާދު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު ގޮއިދޫ އާއި ކިހާދު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ އަތޮޅު ކައުންސިލް އިންތިޒާމްކޮށްގެން ބ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ވޭތިވިދިޔަ 2 އަހަރުވެސް ބޭއްވި ބަށި މުބާރާތުގެ މިއަހަރުގެ މުބާރާތް މިއަދު ހަވީރު ފަށައިފިއެވެ.

އޭދަފުށި ހިއްކިބިމުގައި ކުރިޔަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ގޮއިދޫ އާއި ކިހާދޫ އެވެ. މި މެޗް 32 ލަނޑު 11 ފޯލިން ކާމިޔާބުކުރީ ގޮއިދޫ ބަށި ޓީމުންނެވެ. ކިހާދޫ ޓީމަށް ލިބިފައިވަނީ 17 ލަނޑު 11 ފޯއްޔެވެ.

މިއަދު ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ ހިތާދޫ އާއި މާޅޮސްއެވެ. މި މެޗް 27 ލަނޑު 7 ފޯލިން ކާމިޔާބުކުރީ ހިތާދޫއިންނެވެ. މާޅޮހަަށް ލިބިފައިވަނީ 18 ލަނޑު 2 ފޯއްޔެވެ.

މި މުބާރާތުގައި މާދަމާ ހަވީރުވެސް 2 މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި 3:45 ގައި ބައްދަލުކުރާނީ އޭދަފުއްޓާއި ކިހާދޫއެވެ. ދެވަނަ މެޗްގައި 4:45 ގައި ބައްދަލުކުރާނީ އެންމެފަހުގެ ޗެންޕިއަން ގޮއިދޫ އާއި ހިތާދޫއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.