އެންމެފަހުގެ ބްރޭންޑްތަކުގެ ފެޝަންތަކަށް ހާއްސަ އާ ފިހާރައެއް އޭދަފުށީގައި ހުޅުވައިފި އެވެ.
އޭދަފުށީ ނޫރާނީމަގުގައި މިދިޔަ ހަފްތާ ހުޅުވި “ދަ ގްލޭމް ބުޓިކް” ފިހާރަ އިން މައިގަނޑު ގޮތެއްގައި ވިއްކަނީ ދެ ޖިންސްގެ މީހުންނަށް ވެސް ބޭނުންވާ ތަފާތު ވައްތަރުގެ އަންނައުނެވެ. އޭގެ ތެރޭގައި އެންމެފަހުގެ ބްރޭންޑް ތަކުގެ ހެދުން، ގަމީސް، ޓީޝާޓް، ޖިންސް އަދި ސްޕޯޓްސް ޓައިޓް ފަދަ ތަކެތި ހިމެނެ އެވެ.
މީގެ އިތުރުން ރަނގަޅު ބްރޭންޑްތަކުގެ ރީތިވާ ސާމާނާއި، ސެންޓާއި މޭކަޕްގެ އިތުރުން ކުޑަކުދިންގެ ކުޅޭ ތަކެތި، ސަން ގްލާސް، ބެލްޓް ފަދަ ބާވަތްތައް ވެސް ހިމެނެ އެވެ.
މި ފިހާރައިގައި އެކިފެޝަންގެ ވައްތަރުތައް ވަރަށް ގިނަ އެވެ. ކޮންމެ އެއްޗެއް ވެސް އެހާމެ ހިތްގައިމެވެ. ކުރިއަށް އޮތީ ކުޑަ އީދުކަމަށް ވުމުން މިއީ “ދަ ގްލޭމް ބުޓިކް” ފިހާރައިގެ އަޖުމަ ބަލާލަން ރަނގަޅު ދަނޑިވަޅެކެވެ. އަވަހަށް ފިހާރައަށް ޒިޔާރަތްކޮށްލާށެވެ.