މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ އޭދަފުށީ ފުޓްބޯޅަ ޓީމު ބޭނުން ކުރާނީ ރަތް ކުލައިގެ ޖޯޒީކަމަށް އެ ޓީމުން ބުނެފި އެވެ.
ރަތް ޖޯޒީގައި ކުޅުންތެރިން ތިބޭއިރު ހުރިހާ ސަޕޯޓަރުންވެސް ޓީމަށް ސަޕޯޓްކުރުމަށް ރަތް ކުލައިގެ ހެދުމެއްގައި މިރޭ ގަލޮޅު ދަނޑަށް ދިއުމަކީ އެ ޓީމުގެ ވަރަށްބޮޑު އެދުމެކެވެ. އޭދަފުށީ ސަޕޯޓަރުން ތިބުމަށް މިރޭ ހާއްސަކޮށްފައިވަނީ ގޮނޑި ބަރީގެ އުތުރު ފަރާތެވެ.
އޭދަފުށީ ޓީމު ރަތް ޖޯޒީގައި ކުޅޭއިރު ތިމަރަފުށީ ޓީމުން ކުޅޭނީ ފެހި ޖޯޒީގައެވެ.
“މާލޭގައި ދިރިއުޅޭ ބ. އަތޮޅުގެ ހުރިހާ ރައްޔިތުންވެސް މިރޭ ދަނޑަށް ވަދެ އޭދަފުށީ ޓީމަށް ސަޕޯޓް ކުރުމަކީ ޓީމުގެ ވަރަށް ބޮޑު އެދުމެއް،”
އޭދަފުށީ ޓީމަށް ސަޕޯޓް ކުރުމަށް ގިނަ އަދަދެއްބެ ބަޔަކު މަލޭ ދިއުމަށް މިއަދު ފުރާނެވެ.
މުބާރާތުގެ ފައިނަލު މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ.