އަހަރެމެން މީ ޗެމްޕިއަނުން

އޭދަފުށީ ޓީމުގެ ކުޅުންތެރިން މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އުފުލާލަނީ-- ފޮޓޯ / މިހާރު
އޭދަފުށީ ޓީމުގެ ކުޅުންތެރިން މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އުފުލާލަނީ– ފޮޓޯ / މިހާރު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިރޭ 1-0 އިން ތ. ތިމަރަފުށި ބަލިކޮށް ބ. އޭދަފުށިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

 

މި ދެ ޓީމު ވަނީ މިރޭގެ މެޗުގެ ކުރިން މި މުބާރާތުގެ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. ތިމަރަފުށީގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 1-0 އިންނެވެ. އޭދަފުށި މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން ސ.ފޭދޫ ބަލިކުރުމަށް ފަހު އެވެ.

އޭދަފުށިން ލީޑުނެގީ މެޗުގެ ނުވަ ވަނަ މިނިޓްގަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސާމީ އިބްރާހިމް އެވެ. އޭރިއާ ބޭރު އަރިމަތިން ސާމީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން އަތްމަތިންނެވެ.

އޭގެ ތިން މިނިޓް ފަހުން އޭދަފުށީގެ ހުނަރުވެރި ކުޅުންތެރިޔާ އިޝާން އިބްރާހިމް (ސައްޓު) އަށް ލީޑުފުޅާކުރަން ލިބުނު ފުރުސަތު އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑުފުޅާކުރަން އޭދަފުށްޓަށް ވަނީ އިތުރު ދެ ފުރުސަތެއް ލިބިފަ އެވެ. މިގޮތުން މެޗުގެ 35 ވަނަ މިނިޓްގައި ހުސެއިން ޝިފާއު އަށް ލިބުނު ބޯޅަ ބޭނުމެއް ނުކުރެވުނުއިރު، އޭގެ ތިން މިނިޓް ފަހުން ސައްޓު ފޮނުވާލި ބޯޅަ ވެސް ދިޔައީ ބޭރުންނެވެ.

ތިމަރަފުށިން ތަނަވަސްކުރި ފުރުސަތުތައް ދިފާއުކުރުމުގައި އޭދަފުށީ ގޯލުގައި މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ޒިޔަޒަން ވަނީ ކާމިޔާބު ހޯދައިފަ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިރޭގެ މެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ. ދެ ޓީމަށް ސަޕޯޓުކުރަން ރަށުންނާއި އެ ދެ އަތޮޅުގެ ރަށްތަކުގެ މީހުން ވަނީ ދަނޑަށް ވަދެފަ އެވެ، މިރޭގެ މެޗު ބަލަން ފަސް ހާހަށް ވުރެން ގިނަ މީހުން ވަނީ ދަނޑަށް ވަދެފަ އެވެ.


 

23:02

 

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެއްޖެ. ފުރަތަމަ ހާފުގައި ތ. ތިމަރަފުށީ ކޮޅަށް ޖެހި ލަނޑާއެކު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބ. އޭދަފުށީގެ ޓީމު.

22:49

އޭދަފުށްޓަށް ރަނގަޅު ފުރުސަތެއް. މުހައްމަދު ފާސިރު ނަގައިދިން ހުރަހަކުން ތިމަރަފުށީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ، ހުސައިން ޝިފާހު ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.


22:56

އޭދަފުށީ ޓީމުގެ ސަޕޯޓަރުން: އީޓީ ފޮޓޯ / ނައުޝަލް

3

 

4

22:43

ތިމަރަފުށީ ޓީމުން އޭދަފުށީ ގޯލަށް ނުރައްކާތެރި ހަމާލާއެއް. ކީޕަރު ހުށިޔާރު ކަމާއެކު ދިފާއުކޮށްފި


22:37

އޭދަފުށީގެ ދެ ކުޅުންތެރިޔަކަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާދެނީ


22:30

ތިމަރަފުށީ ޓީމުން ދަނީ އޭދަފުށީ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވަމުން


22:12

އޭދަފުށީ ޓީމުން ދެވަނަ ހާފް ފަށައިފި

eee


21:56

ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. އޭދަފުށި 1- 0 ތިމަރަފުށި


21:49

އޭދަފުށީގެ ޕެނަލްޓީ އޭރިޔާ ބޭރުން ތިމަރަފުށީގެ އަޒުހަދު އުފެއްދި ހަމަލާ، ގޯލާ އަމާޒެއް ނުވި.


21:45

ކައިރި ކައިރިން އޭދަފުށީ ޓިމުން ވަނީ ނުރައްކާތެރި ތިން ހަމަލާ އުފައްދާފައި


21:40

އަބްދުލް މަޖީދު އިބްރާހިމް ދިން ބޯޅައަކުން ތިމަރަފުށީގެ ޕެނަލްޓީ އޭރިޔާ ތެރޭ، ހުސްކޮށް ހުރެ ހުސައިން ޝިފާހު އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވި.


21:35

ތިމަރަފުށީ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ފޯވަޑް އޮފޯރީ އަށް ރީނދޫ ކާޑެއް ދައްކައިފި


21:33

އޭދަފުށީގެ ހާފްގެ ތެރެއިން ސާމީ އިބްރާހިމް ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ވެސް ރީނދޫ ކާޑެއް ދައްކައިފި.


21:30

މެޗު ފެށުނު ތަނާ ތިމަރަފުށިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މިހާރު ރަނގަޅަށް ކުޅެމުންދަނީ އޭދަފުށިން.


21:27

މެޗުގެ ފުރަތަމަ ކާޑު އޭދަފުށްޓަށް. އެ ޓީމުގެ އަހްމަދު ހަނީފް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ރީނދޫ ކާޑެއް ދައްކާފައި.


21:19

“14- އޭދަފުށީގެ އަބްދުﷲ އަބޫބަކުރު ނަގައިދިން ހުރަހަކުން ތިމަރަފުށީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިޝާން އިބްރާހިމް ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި.


21:15

. އޭދަފުށީ ޓީމުން ލަނޑު ޖަހައި، ލަނޑު ޖެހީ ސާމީ ދުރުން އޭނާ ފޮނުވާލި އެ ހަމަލާ ތިމަރަފުށީގެ ގޯލަށް ވަދެފައިވަނީ ކީޕަރު މުހައްމަދު ޝަރުހާންގެ ބޯމަތިން ގޯލުގެ ތިރީ ކަނަށް.


21:09

ތިމަރަފުށީގެ ދެވަނަ ހަމަލާ ކޯނަރަކަށް، ކޯނަރު ޒިޔަޒަން ދިފާއުކޮށްފި


21:07
ތިމަރަފުށިން އޭދަފުށީ ގޯލަށް ފޮނުވާލި ފުރަތަމަ ހަމަލާ ބޭރަށް، ކީޕަރަށް އަނިޔާވެގެން ފަރުވާ ދެނީ.


 

21:05

މެޗު ފަށައިފި، ފެށީ ތިމަރަފުށީ ޓީމުން



20:33

s2 sdsdw

20:08  

އޭދަފުށީ ސަޕޯޓަރުންނަށް ޓީޝާޓް ބެހުން ވަރަށް ފޯރިއާއެކު ދަނޑުގައި އެބަ ކުރިއަށްދޭ

sss

ssss


20:07

ޓީމު ދަނޑަށް އަތުވެއްޖެ


19:35
އޭދަފުށީ ޓީމުން ޖަހާ ކޮންމެ ގޯލަކަށް 5000ރުފިޔާ ދެއްވާނެ ކަމަށް މެންބަރު އަހްމަދު ސަލީމް ރެޑްވޭވް ސަލީމު ވިދާޅުވެއްޖެ. ސަލީމް ވިދާޅުވީ 30 އަހަރަށްފަހު ގައުމީ ތައްޓެއްގައި އަތްޖައްސާލަން ލިބުމަކީ ވަރަށް ބޮޑު ހުވަފެނެއްކަމަށާއި އެކަމުގައި ކުލަޖެއްސުމަށް ޖާނާމާލު ހުސްކޮށްލަންވެސް ތައްޔާރުކަމަށް.

viber-image-3333-800x450-800x450


18:07

މިރޭގެ މެޗު ޕީއެސްއެމްގެ ސްޕޯޓްސް ޗެނަލް ކަމަށްވާ “ޔެސް” ޓީވީން ލައިވް ކުރާނެ ކަމަށް ޕީއެސްއެމުން ބުނެފި.


 


18:55

އޭދަފުށީ ޓީމަށް ސަޕޯޓް ކުރުމަށް އަނަންތަރާ ކިހަވައް ވިލާސް ރިސޯޓްގައި މަސައްކަތް ކުރާ މިރަށުގެ ގިނަ ބަޔަކު މާލެ ދިއުމަށް ތައްޔާރުވަނީ. އިތުރު ލޯންޗެއްގައި މީގެ ކުޑަ އިރުކޮޅެއް ކުރިން އޭދަފުށީންވެސް ވަނީ ސަޕޯޓަރުން މާލެ ފުރައިފައި.

 

16:27

އޭދަފުށީ ސަޕޯޓަރުން މާލެ އައުން: އީޓީ ފޮޓޯ / ނައުޝަލް

 

viber-image vibxxxer-image

 

15:31

ސަޕޯޓަރުންނަށް ޓީޝާޓް ބެހުމުގެ ކަންތައް ކުރިއަށްދަނީ
ސަޕޯޓަރުންނަށް ޓީޝާޓް ބެހުމުގެ ކަންތައް ކުރިއަށްދަނީ

 

15:22

އޭދަފުށީ ޓީމު މިރޭ ކުޅޭ މެޗުގައި ބޭނުންކުރުމަށް އާ ޖޯޒީބައެއް މެންބަރު ސަލީމު  (ރެޑްވޭވް ސަލީމް) ޓީމަށް ހަދިޔާ ކުރައްވައިފި.


14:52

 

އޭދަފުށީ ޓީމުގެ ކުޅުންތެރިން މެންދުރުގެ ފަރިއްކޮޅުގައި
އޭދަފުށީ ޓީމުގެ ކުޅުންތެރިން މެންދުރުގެ ފަރިއްކޮޅުގައި

14:50

އޭދަފުށީ ޓީމުގެ ސަޕޯޓަރުންގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ގިނަވާން ފަށައިފި. ސަޕޯޓަރުން ވެސް ބުނަނީ މާލޭގައި ދިރިއުޅޭ ބ. އަތޮޅުގެ ހުރިހާ ބޭފުޅުން އަދި ޓީމަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކުންވެސް ރަތް ކުލައިގެ ހެދުމެއްގައި މުރޭ ދަނޑަށް ދިއުމަށް.

 

 


14:45

ފައިނަލު މެޗުގައި އޭދަފުށީ ސަޕޯޓަރަންދާ ފަރާތްތަކަށް ރަތްކުލައިގެ ޓީޝާޓް ބެހުމުގެ ކަންތައް ކޭބަލް ޝޮޕުގައި މިހާރު ކުރިއަށްއެބަދޭ


14:11
މިނިވަން ޗެމްޕިއަންޝިޕް ފައިނަލްގައި މިރޭ ތިމަރަފުއްޓާ ދެކޮޅަށް ނުކުންނަ މެޗަކީ އޭދަފުށީ ޓީމުގެ ޖާޒީގައި ޓީމުގެ ކެޕްޓަން އަބްދުލްމަޖީދު (މަޖިއްޓޭ) ފެންނާނެ އެންމެ ފަހު ކަން އޭނާ ވަނީ އިއުލާން ކޮށްފައި. ރޭ އޭނާ އީޓީ އަށް ދިން އިންޓަވިއުއެއްގައި ބުނީ ރީތި ނަމަކާއެކު ވަކިވާން ބޭނުންކަމަށާއި ކުޅުން ހުއްޓާލަން މިއީ އެންމެ ރަގަޅު ވަގުތުކަމަށް ގަބޫލުކުރާކަމަށް.


11:40

މިރޭގެ މެޗުގައި އޭދަފުށީ ޓީމުން ޖަހާ ކޮންމެ ލަނޑަކަށް (ޓީމަށް) އެއްހާސް ރުފިޔާ ދެއްވާނެ ކަމަށް އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވެއްޖެ.


11:27

ޓީމަށް ސަޕޯޓް ކުރުމަށް ދަނޑަށްދާ އޭދަފުށީގެ ސަޕޯޓަރުންނަށް ޓީޝާޓްފަދަ ތަކެތި ބެހުމުގެ އިންތިޒާމުތައްވެސް ދަނީ ހަމަޖައްސަމުން.


11:18
މިރޭ އޮންނަ ފައިނަލު މެޗުގައި އޭދަފުށީ ޓީމަށް ސަޕޯޓް ކުރުމަށް ބ. އަތޮޅުގެ ވީހާވެސް ގިނަ ބަޔަކު ގަނލޮޅު ރަސްމީ ދަނޑަށް ދިއުމަށް އޭދަފުށީ ޓީމުން އެދޭ. ތީމުގެ ޖޯޒީ ކުލައަކީ ރަތް ކުލަ


11:03
މި ދަތުރު އިންތިޒާމު ކުރި ޓާސްކް ފޯހުގެ މެންބަރަކު ބުނި ގޮތުގައި އޭދަފުށީ ޓީމަށް ސަޕޯޓްކުރުމަށް މާލެދާ މީހުންގެ ދަތުރާއި، ސަޕޯޓަރުންގެ ޓީޝާޓް ފަދަ ތަކެތި އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް) ހަމަޖައްސަވައިދެއްވާފައިވާ ކަމަށް.

 

viber-image

11:00

މިނިވަން ޗެންޕިއަންޝިޕްގައި މިރޭ ގަލޮޅު ދަނޑުގައި ކުޅޭ ފައިނަލް މެޗްގައި އޭދަފުށީ ޓީމަށް ސަޕޯޓްކުރުމަށް އޭދަފުށިން 300 އަށްވުރެ ގިނަ ސަޕޯޓަރުން މާލެ ފުރައިފި. ޓީމަށް ސަޕޯޓް ދިނުމަށް ބޮޑުބެރާއި ދިދައާއި ދުންމާރިފަދަ ތަކެތިވެސް ގެނދިޔަ.
ބައެއް ސްޕީޑް ލޯންޗު ތަކުގައިވެސް މިއަދު މެންދުރުފަހު ހާއްސަ ދަތުރުތަކެއް ވަނީ ޝެޑިއުލް ކޮށްފައި، 500 އަށްވުރެ ގިނަ ސަޕޯޓަރުން އޭދަފުށިން މިރޭ ގެ މެޗަށް މާލެ ދާނެ ކަމަށް ބެލެވޭ

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.