
ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ އަތޮޅު ކައުންސިލު ބަށި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން އޭދަފުއްޓާ ގޮއިދޫ މޮޅުވެއްޖެ އެވެ.
މުބާރާތުގެ މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ކިހާދޫ ބަށި ޓީމު އަތުން އޭދަފުށި މޮޅުވީ 32 ލަނޑު 10 ފޯލިންނެވެ. ކިހާދޫ އަށް ހެދުނީ 12 ލަނޑެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ އޭދަފުށީ ޓީމުގެ ހައްވާ އަބްދުއްރަހްމާން އެވެ. ހައްވަ ވަނީ 50 ބޯޅަ ޖަހައި 99 ބޯޅަ ހިފައިފަ އެވެ.

މިއަދު ހަވީރު ކުޅުނު ފަހު މެޗުގައި ހިތާދޫ އަތުން ގޮއިދޫ މޮޅުވީ 29 ލަނޑު 10 ފޯލިންނެވެ. މެޗުގައި ހިތާދޫ ޓީމަށް ހެދުނީ 21 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނު ގޮއިދޫ ޓީމުގެ 128 ބޯޅަ ޖަހައި 39 ބޯޅަ ހިފި ފާތިމަތު މިލްނާ އެވެ.
މާދަމާ ހަވީރުވެސް މި މުބާރާތުގެ ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި މާޅޮހެވެ. ދެވަނަ މެޗުގައި ކިހާދޫއާ ދެކޮޅަށް ނުކުންނާތީ ހިތާދޫ އެވެ.
މިއީ އަތޮޅު ކައުންސިލުން މި މުބާރާތް ބާއްވާ 3 ވަނަ އަހަރެވެ.
