އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އުރީދޫއަކީ ރާއްޖޭގެ 60 ޕަސެންޓް ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.
އެ ކުންފުނިން ބުނިގޮތުގައި މިއަހަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ލިބޭ ސައިކަލުތަކުގެ ތެރޭގައި:.
- އެއާ ބްލޭޑް 125 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
- އެއާ ބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
- ޕީސީއެކްސް160 (ކަޅު ކުލަ)
އޭގެ އިތުރުން މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.
ޕްރޮމޯޝަނުގައި ބައިވެރިވުމަށް:
- އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުން.
- އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުން
- އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕޭންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.