ފުޓްބޯޅަ ޓީމަށް ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރުވަނީ

މާލެ: ނޮވެމްބަރު 12، 2016: އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އޭދަފުށި ޓީމުގެ ކުޅުންތެރިން ތަށި އުފުލާލަނީ: 1-0 އިން ތ. ތިމަރަފުށި ބަލިކޮށް ބ. އޭދަފުށި ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާލެ: ނޮވެމްބަރު 12، 2016: އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އޭދަފުށި ޓީމުގެ ކުޅުންތެރިން ތަށި އުފުލާލަނީ: 1-0 އިން ތ. ތިމަރަފުށި ބަލިކޮށް ބ. އޭދަފުށި ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.– ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރޭ 1-0 އިން ތ. ތިމަރަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދި އޭދަފުށީ ފިޓްބޯޅަ ޓީމު އެނބުރި މިއަދު ރަށަށް އަންނައިރު ހޫނު މަރުހަބާއެއް ތައްޔާރުވަމުން އެބަދެ އެވެ.

މި ހަރަކާތް އިންތިޒާމު ކުރާ ޓާސްކް ފޯސްގައި އިސްކޮށް އުޅޭ އަހްމަދު ނާސިރު ބުނި ގޮތުގައި ޓީމަށް މަރުހަބާ ކިޔުމަށްޓަކައި ރަށުކައުންސިލާ ރައްޔިތުންނާ ގުޅިގެން ތައްޔާރުވަމުން އަންނަ ކަމަށެވެ.

މާލެ: ނޮވެމްބަރު 12، 2016: އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އޭދަފުށި ޓީމުގެ ސަޕޯޓަރުން ސަޕޯޓު ކުރަނީ: 1-0 އިން ތ. ތިމަރަފުށި ބަލިކޮށް ބ. އޭދަފުށި ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާލެ: ނޮވެމްބަރު 12، 2016: އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އޭދަފުށި ޓީމުގެ ސަޕޯޓަރުން ސަޕޯޓު ކުރަނީ: 1-0 އިން ތ. ތިމަރަފުށި ބަލިކޮށް ބ. އޭދަފުށި ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.– ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު މެންދުރުފަހު 4 ޖަހާއިރު ރަތް ކުލައިގެ ހެދުމެއްގައި ރަސްމީ ފާލަން ދޮށަށް ވީހާވެސް ގިނަ ބަޔަކު ދިއުމަކީ ޓާސްކް ފޯހުގެ އެދުމެކެވެ.

ރޭގެ ފައިނަލު މެޗުގައި އޭދަފުށިން ލީޑުނެގީ މެޗުގެ ނުވަ ވަނަ މިނިޓްގަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މިރަށު ޓީމަށް ކާމިޔާބު ކޮށްދިނީ ސާމީ އިބްރާހިމް އެވެ. އޭރިއާ ބޭރު އަރިމަތިން ސާމީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން އަތްމަތިންނެވެ.

އޭދަފުށީ ޓީމު ހޯދި ކާމިޔާބީއާ ގުޅިގެން ސޯސިއަލް މީޑީއާ ގައިވެސް ގިނަ ބަޔަކު އެ ޓީމަށް ދަނީ މަރުހަބާ ކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.