ފުޓްބޯޅަ ޓީމަށް ރަތްދޫލައިގެ މަރުހަބާއެއް

އޭދަފުށީ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –އީޓީ ފޮޓޯ: / ތޯރިގް
އޭދަފުށީ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –އީޓީ ފޮޓޯ: / ތޯރިގް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރޭ 1-0 އިން ތ. ތިމަރަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދި އޭދަފުށީ ފުޓްބޯޅަ ޓީމު ދާދި ދެންމެއަކު ރަށަށް އައުމުން އެޓީމަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް ރަށުގެ ޒުވާނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ކުޅުންތެރިންގެ އާއިލާތަކުގެ އިތުރުން ބައެއް އާއްމުންވެސް ރަސްމީ ފާލަން ސަރަހައްދަށް އެއްވި އެވެ.

އޭދަފުށީ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –އީޓީ ފޮޓޯ: / ތޯރިގް
އޭދަފުށީ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –އީޓީ ފޮޓޯ: / ތޯރިގް

ކޮންމެ ކުޅުންތެރިޔަކަށް ސްކޫލް ދަރިވަރެއްގެ އަތުން މާބޮނޑިއެއް ހަދިޔާކުރިއިރު، އަތޮޅު ކައުންސިލުގެ މެންބަރުންނާއި ރަށު ކައުންސިލުގެ މެންބަރުންގެ އިތުރުން އޮފީސްތަކުގެ އިސްވެރިންވެސްކުޅުންތެރިންނާއި އޮފިޝަލުންނަށް މަރުހަބާ ކިޔުމަށްބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި އެވެ. ދެ ޖިންސްގެ އެކި އުމުރުފުރައިގެ މީހުން ޓީމުގެ ކުޅުންތެރިނާއި ސަލާމްކޮށް ސެލްފީ ނަގާ ހެދި އެވެ.

 

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ތ. ތިމަރަފުށި 1-0 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން އޭދަފުށީ ޓީމުގެ މެނޭޖަރު އަދި ކުރީގެ ކުޅުންތެރިޔާ އަބްދުލް މަޖީދު ހަސަން ބުނީ “މިއީ ވަރަށް ދުވަހުގެ މަސައްކަތް” ކަމަށެވެ.

އޭދަފުށީ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –އީޓީ ފޮޓޯ: / ތޯރިގް
އޭދަފުށީ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –އީޓީ ފޮޓޯ: / ތޯރިގް

“އޭދަފުށްޓަކީ ފުޓްބޯޅައިގެ ތާރީހު އޮތް މަޝްހޫރު ރަށެއް. ވަަރަށް ދުވަސްވެއްޖެ ފުޓްބޯޅައިގައި އޭދަފުށްޓަށް ކާމިޔާބެއް ނުލިބޭތާ. މިރޭ އެކަން ހާސިލްވެއްޖެ. ވަރަށް އުފަލުން އަޅުގަނޑު މިހުރީ. އެއީ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ކޯޗެއްގެ ގޮތުގައި ވެސް ޓީމަށް ކާމިޔާބު ހޯދައިދެވުނީތީ،” މަޖީދު ބުންޏެވެ.

އޭދަފުށީ ޓީމުގެ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު މި މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ އެ ޓީމުގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އެވެ. ޒިޔަޒަން އަކީ ކުރިން ނިއު ރޭޑިއަންޓާއި ވިޔަންސާ އަށް ކުޅުނު ކުޅުންތެރިޔެކެވެ. ފައިނަލުގައި ރޭ ތިމަރަފުށީ ޓީމުގެ އެޓޭކްތައް ހުއްޓުވުމުގައި ޒިޔަޒަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ ތަޖުރިބާގެ ބޭނުންކޮށް ވަރަށް ރަނގަޅަށް ޓީމު ލީޑުވެސް ކޮށްފަ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކާއި ގައުމީ ޓީމުގައި ވެސް އޭދަފުށީ ކުޅުންތެރިން ގިނަ އެވެ. އޭގެ ތެރޭގައި ވެލެންސިއާގެ ޝާފިއު އަހުމަދު (ޝާފީ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޓީސީގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ނިއު ރޭޑިއަންޓްގެ ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނެ އެވެ.

dsc_5477

dsc_5526

dsc_5550

dsc_5605

ssd

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.