
ބ. އޭދަފުށީ ފްރެންޑް މީ ވިޔަފާރި ގްރޫޕުން ބާއްވާ އަހަރީ ބޮޑު ސޭލް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
ފްރެންޑް މީ އަހަރީ ބޮޑު ސޭލް ފަށާނީ މާދަމާ ހަވީރު 4:30 ގަ އެވެ. ސޭލް ކުރިއަށްދާނީ މި މަހުގެ 16 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ފްރެންޑް މީ ގްރޫޕުން އޭދަފުށީގައި ހަތަރު ފިހާރައެއް ހިންގަ އެވެ. އެއީ ފްރެންޑް މީ އާއި ފްރެންޑް މީ ސްޓައިލް، ފްރެންޑް މީ ހޯމްވެއާ އަދި ފްރެންޑް މީ ޕްލަސް އެވެ.
އެ ވިޔަފާރިން ބުނީ މިއަހަރުގެ ސޭލްގައި ވެސް ހަތަރު ފިހާރައިން ވިއްކާ ހުރިހާ ބާވަތެއްގެ މުދާ ހެޔޮ އަގުގައި އާއްމުންނަށް ލިބެން ހުންނާނެ ކަމަށެވެ.
ސޭލް އޮންނާނީ ފްރެންޑް މީ ފިހާރާ ހިމެނޭ ސަރަހައްދުގަ އެވެ.
ފްރެންޑް މީ އަހަރީ ބޮޑު ސޭލް ނޮވެމްބަރު 14 އިން ނޮވެމްބަރު 16 އަށް ހުޅުވިފައި ހުންނާނެ ގަޑިތައް:
- ހަވީރު: 16:30 އިން 18:00 އަށް
- ރޭގަނޑު: 20:15 އިން 22:15 އަށް