އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އުރީދޫން ކުރިއަށްގެންދާ “ގްރޯ ވިތު އުރީދޫ”ގެ ނަމުގައި ގަސް އިންދުމާ ގުޅޭ ހާއްސަ ސެޝަނެއް ސ. ފޭދޫގައި ބާއްވައިފި އެވެ.
މި ސެޝަނަކީ ސ. ފޭދޫ އަވަށު އޮފީހާއި ގުޅިގެން އުރީދޫން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ސެޝަންގައި ގަސް އިންދުމަށް ހާއްސަ “ގްރޯ ވިތު އުރީދޫ” ކިޓުތައް އެ ކުންފުނިން ހަދިޔާކުރި އެވެ.
އުމުރުން ދުވަސްވީ ގިނަ ބަޔަކު ބައިވެރިވި މި ސެޝަން ކުރިއަށް ގެންދިޔައީ އުރީދޫގެ އެމްބެސަޑަރު “ޒުވާން ދަނޑުވެރިޔާ” ރަމްޒީ ހުސެއިނެވެ.
މި ސެޝަނުގައި ވަނީ ގޭގައި ތިބެގެން އަމިއްލަ ބަގީޗާތައް ހަދައި ބެލެހެއްޓުމުގެ ޓެކްނިކްތައް ދަސްކޮށްދީ، ގަސް އިންދުމުގައި ފަސޭހަ، ދެމެހެއްޓެނިވި ގޮތްތަކަށް އެ ކަން ކުރެވޭނެ ގޮތްތައް ކިޔައިދީފަ އެވެ.
މި ސެސަންގައި އުމުރުން ދުވަސްވީ މުޖުތަމައުގެ ބޭނުންތަކަށް އަމާޒުކޮށްގެން އަމަލީ ސެޝަނެއް ކުރިއަށް ގެންދެވި ބައިވެރިންނާއިއެކު މަޝްވަރާކޮށް، އަދި ސުވާލުތަކަށް ޖަވާބު ދިނުން ކުރިއަށް ދިޔައެވެ. އަދި މިކަހަލަ އެކްޓިވް ހަރަކާތްތަކުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ލިބިދޭ ފައިދާތަކަށް އަލިއަޅުވާލާފައިވެއެވެ.
އުރީދޫން ބުނިގޮތުގައި މިއީ “ގްރޯ ވިތް އުރީދޫގެ” ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ބޭއްވޭ ތިން ވަނަ ހަރަކާތެވެ.
އުރީދޫން ބުނިގޮތުގައި އައްޑޫގައި ބޭއްވުނު މިހަރަކާތަކީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އިންކްލޫސިވް އިވެންޓްތައް ބޭއްވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން، މުޖުތަމައުގައި ހަރަކާތްތެރި ފަރާތްތަކުގެ ގޮތުގައި ދެމިތިބުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އުރީދޫން ބުނީ “ގްރޯ ވިތް އުރީދޫ” ސިލްސިލާގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް ދެމެހެއްޓެނިވި އުސޫލުތައް ކުރިއަރުވައި ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައިވާ ކަމަށެވެ. މި ސިލްސިލާގައި އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން އަންނަނީ ޑިޖިޓަލް އިންކްލޫޝަން، ސަސްޓެއިނަބިލިޓީ އަދި ކޮމިއުނިޓީ އެންގޭޖްމަންޓް ޕްރޮމޯޓްކުރާ އިނޮވޭޓިވް ޕްރޮގްރާމްތަކާއި ޕާޓްނާޝިޕްތައް މެދުވެރިކޮށް މުޖުތަމައުގެ އެކި ދާރިއާތަކުން އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ.
އުރީދޫން އަންނަނީ އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތަށް ތަފާތު ގުރޫޕްތަކަށް ހިދުމަތް ދޭ ގޮތަށް ހަރަކާތްތައް ފަރުމާކޮށް، އިންކްލޫސިވް ކޮމިއުނިޓީތައް ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މައުލޫމާތު ހިއްސާކުރުމާއި އަމަލީ ހުނަރުގެ ޒަރިއްޔާއިން މި ޑިމޮގްރަފިކް ބާރުވެރިކުރުވައި، އެ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެކެވެ.