އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ޚިދުމަތަށް ގެނެވުނު އަޕްގްރޭޑާއެކު، ކަސްޓަމަރުންނަށް އަންލިމިޓެޑް އިންޓަނެޓް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސްއިން އިޢުލާންކޮށްފިއެވެ. މިއާއެކު ލިމިޓްގެ ކަންބޮޑުވުންތަކާ ދުރުވެ، 1 ޖީބީޕީއެސްއާ ހަމައަށް ސްޕީޑާއެކު މެދުނުކެނޑި ކަނެކްޓިވިޓީ ލިބެން ފަށާފައިވެއެވެ.
ސުޕަނެޓް އަންލިމިޓެޑް ޕްލޭންތައް ތަޢާރަފުކުރުމާއެކު އުރީދޫ މޯލްޑިވްސްއިން ވަނީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތަށް އާ މިންގަނޑެއް ކަނޑައަޅައި، އެންމެންގެ އަތްފޯރާފަށަށް އަންލިމިޓެޑް އިންޓަނެޓް ފޯރުކޮށްދީފައެވެ.
އުރީދޫއިން މަޢުލޫމާތު ދެއްވިގޮތުގައި އަންލިމިޓެޑް ސުޕަނެޓާއެކު އެއްވެސް ހުރަހެއްނެތި މުޅި ދުވަހު ސްޓްރީމްކުރުމާއި، އަލްޓްރާ-ލޯ ލެޓެންސީއާއެކު މެދުކެނޑުމެއްނެތި ގޭމްކުޅުމާއި، ބްރައުޒްކުރުމާއި، މަސައްކަތްކުރުމާއި، ކިޔެވުން ފަދަ ކަންކަން ކުރެވޭނެއެވެ.
ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުގެ ތެރޭގައި 25 އެމްބީޕީއެސްއިން ފެށިގެން 1 ޖީބީޕީއެސްއާ ހަމައަށް ބާރު ސްޕީޑް ހިމެނެއެވެ. މިއާއެކު ފިލްމް މެރަތަނެއް، އޮންލައިން ގޭމިންގ ސެޝަނެއް، އަދި ވަރކް ފްރޮމް ހޯމް ސެޓަޕެއް ކަމުގައިވިޔަސް، އުރީދޫގެ ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުން މިހާރު ކަސްޓަމަރުންނަށް ހަޤީޤީ އަންލިމިޓެޑް އިންޓަނެޓްގެ ތަޖުރިބާ ލިބޭނެކަން ކަށަވަރުކޮށްދެއެވެ.
“ހަޤީޤަތުގައިވެސް އަންލިމިޓެޑް ސުޕަނެޓް ޕްލޭންތައް އިތުރު ސްޕީޑްތަކަކާއެކު ހުށަހަޅައިގެން، އަޅުގަނޑުމެން ހަމައެކަނި އުންމީދުތައް ހާސިލްކުރާ ކަމެއް ނޫން – އަޅުގަނޑުމެން މި ދަނީ ރާއްޖޭގެ އިންޓަނެޓު ޚިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެމުން،” އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސްއިން ދަނީ ޒަމާނީ ފެންވަރުގެ އިންޓަނެޓް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެއްވެސް ލިމިޓަކާ ނުލައި ގުޅާލެވިގެން ތިބުމުގެ މަގު ފަހިކޮށްދެމުންނެވެ.