އަދަބީ މުބާރާތްތަކުން ތުޅާދޫ ސްކޫލަށް ބޮޑު ކާމިޔާބެއް

ތުޅާދޫ ސްކޫލުން ބައިވެރިވި ބައެއް ދަރިވަރުން

ދިވެހި ބަހުގެ އެކަޑަމީން މިއަހަރު ބޭއްވި އަދަބީ އެކި މުބާރާތްތަކުން ބ. ތުޅާދޫ ސްކޫލުން ފުރިހަމަ ކާމިޔާބެއް ހޯދައިފި އެވެ.

ރޭ ތާޖުއްދީން ސްކޫލު ހޯލުގައި ނަތީޖާ ފާޅުކުރެވުނު އަދަބީ މުބާރާތްތަކުގެ ތެރެއިން ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން 18 އަހަރުން ދަށުގެ ޢުމުރުފުރާއިން 1ވަނަ ހޯދީ ތުޅާދޫ ސްކޫލުގެ ޝާޔަން ޢަބްދުﷲ ޢާމިރެވެ. އޭނާ ވަނީ ޅެންހެދުމުގެ ގައުމީ މުބާރާތުން 18 އަހަރުން ދަށުގެ ޢުމުރުފުރާއިން 2 ވަނަ ވެސް ހޯދާފައެވެ.

މީގެ އިތުރުން ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުން ދަށު ސާނަވީ ގިންތިން ތުޅާދޫ ސްކޫލުގެ ޒާރާ ޢަބްދުލް ޢަޡީމް ވަނީ މުޅި މުބާރާތުން އެ ޢުމުރުފުރާއިން 3 ވަނަ ހޯދައިފައެވެ.

އަދި ޒާރާ އާއި އީވާ ޢަބްދުލް މަސީޙް ވަނީ ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ ދަށު ސާނަވީ ގިންތީގެ އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.

މި އަހަރު ބޭއްވި 36ވަނަ ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ ސާނަވީ ގިންތިން ތިންވަނަ ސްކޫލަކަށް ހޮވިފައިވަނީ ވެސް ތުޅާދޫ ސްކޫލެވެ.

ތުޅާދޫ ސްކޫލުގެ މި ދަރިވަރުންގެ އިތުރުން، މި މުބާރާތުގެ މަޒުމޫނު ލިޔުމުގެ ދަށު ސާނަވީ ބައިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އާމިނަތު ޒާރާ ސަމީރު ވަނީ ދެވަނަ ހޯދައިފަ އެވެ. އަދި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގެ  މަތީ ސާނަވީ ބައިން އެ ސްކޫލުގެ ޢާއިޝަތު އީނާސް ޢަބްރުއްރަހީމް ވަނީ އެންމެމޮޅު ދިހަ ދަރިވަރުންގެ ތެރޭގައި ހިމެނިފަ އެވެ.

މި އަހަރުގެ އަދަބީ އެކި މުބާރާތްތަކުގައި 100އަށް ވުރެ ގިނަ ސްކޫލުން ބައވެރިވެފައިވާ އިރު 2000 އަށް ވުރެ ގިނަ ދަރިވަރުން މުބާރާތްތަކުގައި ވާދަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.