
މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ހިރިޔާ ސްކޫލާއި ހުޅުމާލޭ ސަލާހުއްދީން ސްކޫލަށް އެހީވެދީފިއެވެ.
މީގެ ތެރޭގައި ދެ ސްކޫލުގެ ސެން ކްލާސްރޫމް މަރާމާތުކޮށް، އުނގެނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ.
ބޭންކުން ބުނިގޮތުގައި، ހަދިޔާކުރި ތަކެއްޗަކީ ދަރިވަރުންގެ ގާބިލްކަމާއި މުޖުތަމައުގައި ހަރަކާތްތެރިވުމުގެ ހުނަރު އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތަކެކެވެ. މި އެހީގެ ސަބަބުން 200 އެއްހާ ދަރިވަރުންނަށް ކިޔެވުމުގައި ލުއިފަސޭހަ ވެގެންދާނެއެވެ.

ބީއެމްއެލްއިން ވަނީ މީގެކުރިން ރާއްޖޭގެ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް އެހީވެދީފައެވެ. އަދި ފަހުން އިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް ގާއިމުކުރުމަށާއި އަތޮޅުތަކުގެ ސްކޫލްތަކުގެ ކޮމްޕިއުޓަރ ލެބް ތަރައްގީކުރުމަށްވެސް އެހީވެދީފައިވެއެވެ.