ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގައި ބައިވެރިވާން ހުޅުވައިލައިފި

ރިވައިވަލް ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ “ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން” ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ މުޅި ރާއްޖެ އަށް ހުޅުވައިލައިގެން ރިވައިވަލް ސްޕޯޓްސް އިން ސިލްސިލާ ގޮތެއްގައި އޭދަފުށީގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މީގެ ފުރަތަމަ މުބާރާތް މިދިޔަ އަހަރު އޭދަފުށީގައި ކާމިޔާބުކަމާ އެކު ވަނީ ނިންމާލައިފަ އެވެ.

މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 25 އިން 28 އަށް އޭދަފުށީ ޒުވާނުންގެ މަރުކަޒު ކޯޓުގައެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އިތުރު މަޢުލޫމާތު ހޯދުމަށް އިބްރާހިމް ޝަހީދު (7918631) ނުވަތަ މުހައްމަދު އާރިފް (7900450) އާ ގުޅުމަށް ރިވައިވަލް ސްޕޯޓްސްއިން އެދެއެވެ.

މި ފަހަރުގެ މުބާރާތުގައި މި ފަހަރު، ކުރިއަށް ދާނެ އިވެންޓްތަކަކީ އަންޑަ 9، 11، 13، 15، 17 އަދި 19 ފިރިހެން އަދި އަންހެން ސިންގަލްސް، އަންޑަ 11، 13، 15، 17 އަދި 19 އަންހެން އަދި ފިރިހެން ޑަބަލްސް އެވެ.

ރިވައިވަލް ސްޕޯޓްސްއިން އޭދަފުށީގައި ހިންގަމުންދާ އެކަޑަމީގެ މަސައްކަތްތައް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައެވެ. އެކަޑަމީގެ ކުޅުންތެރިން ރާއްޖޭން ބޭރުން ތަމްރީނު ހޯދުމުގެ އިތުރުން، އައްޑޫ އާއި މާލޭގައި ބޭއްވުނު މުބާރާތްތަކުން ގިނަ ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ.

މިއީ ރިވައިވަލް ސްޕޯޓްސްއިން އޭދަފުށީގައި ބާއްވާ ދެވަނަ ޖޫނިއާ އޯޕަން މުބާރާތެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގައި 150 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެ، މުބާރާތް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. އަދި މީގެ އިތުރުން ރިސޯޓު މުވައްޒަފުންނަށް އަމާޒުކޮށްގެން “ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް” ގެ ނަމުގައި މުބާރާތެއްވެސް ވަނީ ބާއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.