އޭދަފުށިން ދޫކުރާ 183 ގޯތީގައި ކަންމުޑި އަޅައިފި

ބ. އޭދަފުށިން ހިއްކި ބިމުން ދޫކުރުމަށް ހަވާލުކޮށްފައިވާ 183 ގޯތީގައި  ކަންމުޑި އަޅައިފި އެވެ.

36 އަހަރށްފަހު އޭދަފުށީ ހިއްކި ބިމުން ދިނުމަށް ހަމަޖެހިފައިވާ 183 ގޯތި ލިބޭ ފަރާތްކުގެ މެދުގައި ގުރު ނަގައި، ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

އެ ގޯތިތަކުގެ އިން ވަކިކޮށްދިނުމަށްޓަކައި ކައުންސިލުން ކަންމުޑި އެޅުމުގެ މަސައްކަތްކުރީ މިއަދު އެވެ.

ކައުންސިލުން ބުނިގޮތުގައި މިއަދު ވަނީ އެ ހުރިހާ ގޯއްޗެއް ވަކިކުރަން ކަންމުޑި ޖަހައި ނިމިފަ އެވެ. ދެން ކުރިއަށްދާނީ ގޯތި ތަކުގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކަމަށް ކައުންސިލުން ބުންޏެވެ.

އާބާދީގައި 3500 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އޭދަފުށީން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރު އެވެ.

އޭދަފުށިން ގޯތި ލިބޭ މީހުންނަށް ގޯތި ހަވާލުކުރިއިރު، ސަރުކާރުން އަންނަނީ މިރަށުގައި 1،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން މިރަށުގައި އެޅުމަށް ހަމަޖެހިފައިވަނީ 15 ބުރީގެ 12 ޓަވަރެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާއެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.