އާޖީލަކަށް އޭދަފުށި ލަންކާވީ ކަޕްގައި ވާދަކުރަން މެލޭޝިޔާއަށް

މެލޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ލަންކާވީ ކަޕްގައި ވާދަކުރުމަށް އޭދަފުށި އާޖީލަކަށް ފުޓްބޯލް އެކަޑަމީގެ ޓީމު މެލޭޝިޔާއަށް ފުރައިފިއެވެ.

މި މަހުގެ 25 އިން 27 އަށް މެލޭޝިޔާގެ ލަންކާވީ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި މުބާރާތުގައި މެލޭޝިޔާ، ސިންގަޕޫރު އަދި ޕާކިސްތާނުގެ އެކަޑަމީތަކުގެ 14 އަހަރުން ދަށުގެ ޓީމުތަކުން ބައިވެރިވެ ވާދަކުރާނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އާޖީލަކަށް އެކަޑަމީ ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 18:00 ގައި މެލޭޝިޔާގެ ލެނާރީ އެލްސީކޭ ސީ އާ ދެކޮޅަށެވެ. އެ ދުވަހުގެ ރޭ 19:00 ގައި ކުޅޭ ދެވަނަ މެޗުގައި އޭދަފުށި އެކަޑަމީ ވާދަކުރާނީ ސިންގަޕޫރުގެ ބާސާ އެކަޑަމީ އާ ދެކޮޅަށެވެ. މުބާރާތުގައި އާޖީލަކަށް އޭދަފުށީ ކުޅޭ މެޗުތައް އާޖީލަކަށް އޭދަފުށި އެކަޑަމީ ޕޭޖުން ލައިވް ކުރާނެ އެވެ.

 މި މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކޮށް، އަގުހުރި ތަޖުރިބާތަކެއް ހޯދުމުގެ ފުރުސަތެއް ކަމަށް އެ އެކަޑަމީން ބުނެއެވެ.

އޭދަފުށި އާޖީލަކަށް އެކަޑަމީން ވަނީ މާލޭގައި ބޭއްވާ މުބާރާތްތަކުގައިވެސް ރަނގަޅު ކުޅުމެއް ދައްކުވައިދީފައެވެ. އެގޮތުން މިދިޔަ މަހު މާލޭގައި ބޭއްވި “މައިލޯ ސްވޭމް ޖޫނިއާސް” މުބާރާތުންވެސް އެ އެކަޑަމީން ވަނީ ފާހަގަކޮށްލެވޭ ނަތީޖާތަކެއް ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.