ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ އަގުތައް އާންމުކޮށްފި

މިދިޔަ ހޯމަ ދުވަހު އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ފެށި ބ. އަތޮޅުގައި އެ ހިދުމަތް ދޭ އަގުތައް މިއަދު އާންމުކޮށްފި އެވެ.

އާރުޓީއެލް މަޝްރޫއުގެ ޒޯން ދޭއްގައި ހިމެނޭ ބ. އަތޮޅުގެ ރޫޓުތަކުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓުތަކާ އެއްގޮތަށް  އަގު ނަގާގޮތަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.

އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް މިއަދުން ފެށިގެން އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ އާރުޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ބ. އަތޮޅުގެ ރޫޓްތަކުގައި ދަތުރުކުރުމަށް ޓިކެޓް ނެގޭނެ ކަމަށެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް ( އާރް.ޓީ.އެލް) ފެރީ ބ. އަތޮޅުގައި ދަތުރުކުރާ އަގުތައް

އެމްޓީސީސީން ބުނީ އަގު ނަގައިގެން ހިދުމަތް ދޭން ފެށި ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު އާންމުކޮށްފައިވާ އާރުޓީއެލް ފެރީގެ އަގުތަކުގެ ލިސްޓުގައި ވަނީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށާއި އެއާޕޯޓް އޮންނަ ދަރަވަންދުއާ ދެމެދުގައި ދަތުރުކުރެވޭ އެކި ރޫޓުތަކުގެ އަގުތައް ހިމަނައިފަ އެވެ. ޓިކެޓުގެ އަގުތައް އެއްކޮޅު ޓިކެޓުގެ އަގު އުޅެނީ 35ރ. އާއި 130ރ. އާ ދެމެދުގަ އެވެ.

އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ. އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ފެރީގެ ހިދުމަތުގެ އެ މަޝްރޫއު ފެށީ 2022 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.