އޭދަފުށީގައި މި އަހަރު ތެރޭ ޑޮލަރު އޭޓީއެމްއެއް ހުޅުވާނަން: ރައީސް

މި އަހަރު ނިމުމުގެ ކުރިން ބ. އޭދަފުށީގައި ޑޮލަރު އޭޓީއެމްއެއް ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި، ރޭ އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އޭދަފުއްޓަކީ ބޭންކިންގެ ހިދުމަތް ވަރަށް ގާއިމުވެފައިވާ ރަށެއް ކަމަށާއި،  މިއަހަރުތެރޭ އޭދަފުށީގައި ޑޮލަރު އޭޓީއެމެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އޭދަފުށީގައި ޑޮލަރު އޭޓީއެމް ގާއިމުކުރުމުގެ އިތުރުން އޭދަފުށީގައި ގާއިމުކުރުމަށް ނިންމާފައިވާ 1،000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް އަމަލީ މަސައްކަތް މި އަހަރު ފަށައި މި ދައުރުގައި ނިންމައިދޭނެ ކަމަށެވެ. މީގެ އިތުރުން އެކި ކުޅިވަރުތައް ކުޅެވޭ އިންޑޯ މަލްޓިޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ އަމަލީ މަސައްކަތްވެސް މިއަހަރުތެރޭ ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މިރަށުގެ ހިއްކި ބިން އޮތީ ނަމެއްގައި ހިއްކާފައި ކަމަށާއި ކަރަންޓާއި ފެނާއި މަގުތައް ހެދޭނެ ގޮތެއް ނެތި ކުރިއެރުން ހުއްޓިފައިވާ ކަމަށެވެ. އޭދަފުށީގެ އިތުރުން ވެސް މި ގޮތަށް ހިއްކި ބިން ތަރައްގީ ކުރެވޭނެ ގޮތެއް ނެތް އެތައް ރަށެއް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭގެ ތެރެއިން ވެސް އެންމެ އިސްކަންދޭނެ އެއް ރަށަކީ އޭދަފުއްޓެވެ. މި އަހަރު ވެސް މި ރަށުގައި މަސައްކަތް ފެށޭނެ ގޮތެއް އޮތްތޯ ބައްލަވައި އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.