އިންނަފުށިން ލިބޭ އާމްދަނީ ފުޅަދޫ ކައުންސިލަށް ދެނީ

ބ. ފުޅަދޫއާ އެއް ފަޅެއްގައި އޮންނަ އިންނަފުށިން ލިބޭ އާމްދަނީ އެ ރަށު ކައުންސިލަށް ލިބޭނެ ގޮތަށް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފުޅަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގައި ގިނަ މަޝްރޫއުތަކެއް ހިންގަން ޖެހިފައިވާ ކަމަށެވެ. އަދި އެ ރަށަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށަކަށް ވާއިރު، އެރަށަށް ޒިޔާރަތްކުރާ މީހުން ތިބުމަށް ދަތިވެފައިވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

“ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށެއް. ރަށުގަ ރައްޔިތުން އަދި ކައުންސިލުން ވެސް ވަރަށް ބޮޑަށް އެދޭ ކަމެއް މި ރަށާ ވަރަށް ކައިރީގައި އޮންނަ އިންނަފުށިން ލިބޭ ނަފާ ކައުންސިލަށް ލިބޭ ގޮތަށް ހަދައިދިނުން،” ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ދަތުރުފުޅަށް ފަހު އެ ރަށުން ލިބޭ އާމްދަނީ ކައުންސިލަށް ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. މިކަމަކީ އެރަށުގެ ރައްޔިތުންނާއި ކައުންސިލުން ވަރަށް ބޮޑަށް އެދޭ ކަމެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ފުޅަދޫއަކީ ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ކުރިއަރަމުން އަންނަ ރަށަކަށް ވެފައި، އިންނަފުށި އެރަށާ ކައިރީގައި އޮތުމުން، އެ ރަށުން ލިބޭ އާމްދަނީ ފުޅަދޫ ކައުންސިލަށް ލިބުމަކީ ރަށުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.