ބ. އަތޮޅު ގުރްއާން މުބާރާތް: އެއްވަނަ އޭދަފުއްޓާއި ތުޅާދު އަށް

ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އޭދަފުށީގައި ބޭއްވި ޤުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން އެއްވަނަ އޭދަފުށި ކައުންސިލު އަދި ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ތުޅާދޫ ކައުންސިލުން ހޯދައިފިއެވެ.

މި މަހުގެ 14-15 އަށް ބޭއްވި މި މުބާރާތުގައި މި އަތޮޅުގެ ބާރަ ރަށަކުން ޖުމްލަ 202 ބައިވެރިން ވާދަކޮށްފައިވާ އިރު، މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން ދެވަނަ ހޯދާފައިވަނީ ކެންދޫ ކައުންސިލުންނެވެ. މިބައިން ތިންވަނަ ތުޅާދޫ ކައުންސިލަށެވެ.

ބަލައިގެން ކިޔެވުމުގެ ބައިން އޭދަފުށީ ކައުންސިލުން ދެވަނަ ހޯދިއިރު، މި ބައިން ތިންވަނަ ލިބުނީ ކުޑަރިކިލު ކައުންސިލަށެވެ.

މުޅި މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި އެއްވަނަ ހޯދާފައިވަނީ ކެންދޫ ކައުންސިލުގެ އާމިނަތު ޔުމްން އިބްރާހީމެވެ. މިބައިން ދެވަނަ ލިބުނީ އޭދަފުށީ ކައުންސިލުގެ މުހައްމަދު މުސްތަފާ އަށެވެ އަދި ތިންވަނަ ލިބުނީ ތުޅާދޫ ކައުންސިލުގެ ޒައުލް ބިން ސާމިން ހުސައިންއަށެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން ތުޅާދޫ ކައުންސިލުގެ އަނޫފް އަބްދުއްރަހްމާން އެއްވަނަ ހޯދިއިރު، މި ބައިން ދެވަނަ ލިބުނީ އެރަށު އައިނީ އަބްދުއްރަހީމަށެވެ. ތިންވަނަ ލިބުނީ ތިންވަނަ އޭދަފުށީ ކައުންސިލުގެ ހުސައިން ފަޒާލް މުހައްމަދަށެވެ.

މީގެ އިތުރުން މި މުބާރާތުގައި ހުރިހާ ކީ ސްޓޭޖްތަކެއް ވަކިން ވެސް ވަނަތައް ވަނީ ހޮވައި އިނާމުދީފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި މިއަދު ހެނދުނު ބޭއްވި، އަތޮޅު ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ ހޯދި ބައިވެރިންނަށާއި ކައުންސިލްތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސައުދާން އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުމުގެ ބޭނުމަކީ، ގައުމީ މުބާރާތަށް ކުދިން ހޮވުމުގެ އިތުރުން މިއަތޮޅުގައި ގުރުއާނަށް ލޯބި ޖެހިފައިތިބި ދަރިންތަކެއް އުފެއްދުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.