އެފްއޭއެމްގެ އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު އަލުން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން “އެޓޯލް ޗެމްޕިއަންޝިޕް” ގެ ނަމުގައި ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެފްއޭއެމްގެ އައު އޮނިގަނޑުގެ ދަށުން ރާއްޖެ ބަހާލާފައިވަނީ ހަތަރު ރީޖަނަކަށެވެ. މީގެ ތެރެއިން ތިން ރީޖަނެއްގައި މި އަހަރު ކުޅުމަށް ހަމަޖެހިފައިވާ އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކަށް އެ ފުރުސަތު ލިބިގެންދާނެ އެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެފްއޭއެމްގެ އީމެއިލް އެޑްރެހަށް ފޯމު ފޮނުވަން ޖެހޭނެ އެވެ.

ރީޖަނަލް ލީގުތަކުގެ މުބާރާތްތައް

ރީޖަނަލް ލީގުތަކުގެ މުބާރާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޯތު ރީޖަންގައި އޮކްޓޯބަރު މަހުން ފެށިގެންނެވެ. އޭގެ ފަހުން ސެންޓްރަލް ރީޖަންގެ މުބާރާތްތައް ނޮވެމްބަރު މަހު ފެށޭއިރު، ސައުތު ރީޖަންގެ މުބާރާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގައެވެ. ނޯތު ރީޖަންގައި ހިމެނެނީ ހއ. އިން ފެށިގެން ޅ. އަތޮޅާ ހަމައަށް ހުރި އަތޮޅުތަކާއި ކުޅުދުއްފުށި ސިޓީ އެވެ.

ޕްރިމިއާ ލީގަށް ކޮލިފައިވުން

އެފްއޭއެމްގެ ސީޒަން ކަލަންޑަރުގައިވާ ގޮތުން، އަތޮޅު މުބާރާތްތަކާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަނުން ހޮވުމަށްފަހު، 2026/2027 ގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ކުޅޭނީ ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން ޓީމުތަކެވެ. މި މުބާރާތުން ގަދަ ހަތަރު ޓީމަކަށް 2026/2027 ގެ ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.