އުރީދޫ މަސްރޭހުގެ ފުރަތަމަ ބުރު ހުރާގައި ފަށަން ތައްޔާރުވެއްޖެ

އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ މަސްރޭހުގެ ފުރަތަމަ ބުރު މިއަދު މެންދުރު ކ. ހުރާގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ ބުރު މިއަދު މެންދުރު 14:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި ބުރުގައި ޖުމުލަ 20 ޓީމު ވާދަކުރާނެ ކަމަށް އުރީދޫއިން މައުލޫމާތު ދީފައިވެއެވެ. އަދި މުބާރާތުގެ އެންމެހާ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ކުރެވިފައިވާ ކަމަށާއި، މިއީ ފޯރިގަދަ ހަރަކާތަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މި އަހަރުގެ މަސްރޭސް ދެ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުރާގެ އިތުރުން ށ. ފުނަދޫގައި މި ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެންބަރުން ތިބެވޭނެއެވެ.

މުބާރާތުގައި ކޮންމެ ރަށަކުން ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. އެގޮތުން ކޮންމެ ރަށެއްގެ ޗެމްޕިއަން ޓީމަށް 25,000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. އަދި ދެވަނައަށް 10,000 ރުފިޔާ، ތިންވަނައަށް 5,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް ހާއްސަ އިނާމެއް ދޭނެ ކަމަށް އުރީދޫއިން ހާމަކޮށްފައިވެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު މި މުބާރާތުގައި ކޮންމެ ސަރަހައްދަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރެވޭނެއެވެ. އަދި 16 ޓީމަށް ވުރެ ގިނައިން ރަޖިސްޓަރީ ވެފައިވާ ނަމަ، ބައިވެރިވާ ޓީމުތައް ކަނޑައަޅާނީ ގުރުއަތުލުމަކުންނެވެ. ގުރުއަތުން ނުހޮވޭ ޓީމުތަކަށް ރަޖިސްޓްރޭޝަން ފީ އަނބުރާ ލިބޭނެ ކަމަށްވެސް އުރީދޫއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.