ދެވަނަ މެޗުންވެސް މޮޅުވެ ހުސް ސޮނގުން އެއްވަނައިގައި ސެމީއަށް

ބ. އޭދަފުށީގައި ކުރިއަށްދާ އޭދަފުށި ކަޕް 2025 ގައި ހުސް ސޮނގުން އެފްޓީން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.

އޭދަފުށީ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި އާޖީލަކަށް އޭދަފުށި ފުޓްބޯލް އެކަޑެމީ ކައިރިން ހުސް ސޮނގުން މޮޅުވެފައިވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ގްރޫޕް ބީގައި ހުސް ސޮނގުން ކުޅުނު ދެވަނަ މެޗެވެ. އަދި މިހާތަނަށް އެޓީމުން ވަނީ ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ.

މިއަދުގެ މެޗުގައި ހުސް ސޮނގުންގެ ފަރާތުން އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ އެ ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ އިބްރާހީމް އޮލަޑިމޭޖީ ޖިމޯއެވެ. އޭނާ ވަނީ މެޗުގައި ހެޓްރިކެއް ހާސިލުކޮށްފައެވެ. މީގެ އިތުރުން އަލީ އިރުފާދު (އިރުއްޕެ)، ޝާފިއު މުހައްމަދު، މުހައްމަދު އަޖުފާން އަދި ސާއިދް އަބޫބަކުރު ވަނީ އެއް ގޯލު ޖަހާފައެވެ.

އާޖީލަކަށް އޭދަފުށީގެ ފަރާތުން މެޗުގައި އެންމެ ފާހަގަކޮށްލެވުނު ދެ ކުޅުންތެރިންނަކީ އުމުރުން 13 އަހަރުގެ ގޯލްކީޕަރު އަލީ ނައުހާން މޫސާ އިމްރާން އާއި އެޓީމަށް ހަމައެކަނި ގޯލު ޖެހި މުހައްމަދު އާލަމް އަކްރަމްއެވެ.

މިފަހަރުގެ އޭދަފުށި ކަޕް ކުރިއަށްދަނީ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ވެލާ ސްޕޯޓްސް ކްލަބާއި އިރުމަތީ އެފްސީ އަދި ޓީމް މިޑްލް އީސްޓް ހިމެނޭއިރު، ގްރޫޕް ބީގައި ހުސް ސޮނގުން ފުޓުބޯޅަ ޓީމާއި ސީސީ ސްޕޯޓްސް ކްލަބު އަދި އާޖީލަކަށް އޭދަފުށި ފުޓުބޯޅަ އެކަޑެމީ ހިމެނެއެވެ.

މިއަދު ހަވީރު އޮންނަ ގްރޫޕް އޭގެ ފަހު މެޗުގައި އިރުމަތި އެފްސީ ނުކުންނާނީ މިޑްލް އީސްޓާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.