ރާއްޖޭން ބޭރުގައި ބީއެމްއެލް ޑެބިޓް ކާޑުގެ ލިމިޓް 1،000 ޑޮލަރަށް ބޮޑުކޮށްފި

ކުރިން ވެސް އިއުލާނުކޮށްފައިވާ ގޮތަށް މާދަމާ އިން ފެށިގެން ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ ޓްރާންސެކްޝަންތަކަށް ބޭނުން ކުރެވޭ އަދަދު މަހަކު 1،000 ޑޮލަރަށް ބޮޑުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އިއުލާން ކޮށްފައިވާ ގޮތުން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް ބޮޑުވާނެ އެވެ. އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ފައިސާ ދެއްކުމަށާއި ބޭސް ފަރުވާގެ ކަންކަމުގައި ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމަށް ވެސް 3،000 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެވެ.

ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް އެންމެ ކުރިން ދީފައި އޮތް 250 ޑޮލަރުގެ މަހު ލިމިޓް މިދިޔަ ޖުލައި މަހުން ފެށިގެން ވަނީ 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބީއެމްއެލްގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް ބޮޑުކުރުމަށާއި ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1،500 ޑޮލަރުން 2،000 ޑޮލަރަށް ބޮޑުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ބީއެމްއެލްއިން އެގޮތަށް މިއަދު ހަމަޖެއްސިއިރު، އެ ބަދަލު އެގޮތަށް ގެންނާނެކަން މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އޮތީ އިއުލާން ކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.