އުރީދޫ އެމް-ފައިސާ މެދުވެރިކޮށް އައިފޯން 17 ޕްރޯއެއް ހޯދުމުގެ ފުރުސަތު

އުރީދޫ ޑިޖިޓަލް ވޮލެޓެއް ކަމަށްވާ “އެމް-ފައިސާ” ވޮލެޓު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކޮށްގެން އައިފޯން 17 ޕްރޯއެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި އެވެ.

އުރީދޫގެ އެމް-ފައިސާ ޑިޖިޓަލް ވޮލެޓަކީ ފައިސާ ޖަމާކޮށް، ފައިސާ ޓްރާންސްފާ ކުރުމާއި ކެފޭ، ރެސްޓޯރަންޓު އަދި ފިހާރަތަކަށާއި ހިދުމަތްތަކުގެ ބިލުތަކަށް ރައްކާތެރިކަމާއެކު ފައިސާ ދައްކާލެވޭ ވޮލެޓެކެވެ.

އެގޮތުން އެމްޑަބްލިއުއެސްސީ އާއި، ސްޓެލްކޯ އާއި، އުރީދޫގެ ހިދުމަތްތަކުގެ އިތުރުން ކައްކާ ގޭހަށް އޯޑަރުކޮށް އެމް-ފައިސާ ޑިޖިޓަލް ވޮލެޓުން ފައިސާ ދެއްކޭއިރު، މީޑިއާނެޓު ފަދަ ގިނަ ހިދުމަތްތަކަކަށް ހަމަ މި ވޮލެޓު މެދުވެރިކޮށް ފައިސާ ދެއްކުމުގެ މަގު އުރީދޫއިން ވަނީ ފަހިކޮށްދީފައެވެ.

އަދި ސަދަގާތް ކުރުމުގެ ފުރުސަތު ވެސް ހަމަ މި ވޮލެޓު މެދުވެރިކޮށް ފަހިކޮށްދީފައި ވާއިރު، ބައިނަލްއަގުވާމީ މާޗޭންޓެއް ކަމަށްވާ ޕޭޕަލްގެ ހިދުމަތް ވެސް ރާއްޖެއަށް ލިބޭނެ ގޮތް ދާދި އަވަހަށް އުރީދޫއިން ހައްދަވައި ދެއްވާއިރު، އެ ހިދުމަތަކީ ވެސް ހަމަ އެމް-ފައިސާ ވޮލެޓު މެދުވެރިކޮށް ލިބިދޭނެ ހިދުމަތެއް ކަމަށް އުރީދޫއިން ބުނެއެވެ.

އެމް-ފައިސާ ވޮލެޓު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކޮށްގެން އައިފޯން 17 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވާލަމުން އުރީދޫއިން ބުނީ އެމް-ފައިސާ ބޭނުންކޮށްގެން 1،000ރ. ޖެހިޖެހިގެން ތިން މަހު ހޭދަކުރުމުން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އުރީދޫ އެޕު ޑައުންލޯޑު ކޮށް ފަސޭހަކަމާއެކު އެމް-ފައިސާ ގެ ހިދުމަތަށް ރެޖިސްޓާ ކޮށްލެވޭ އިރު، ބީއެމްއެލް، އެމްއައިބީ، އެސްބީއައި، ފަދަ ގިނަ ބޭންކުތަކެއް މެދުވެރިކޮށް ފަސޭހަކަމާއެކު އޮންލައިންކޮށް އެމް-ފައިސާ ވޮލެޓް ޓޮޕްއަޕް ވެސް ކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.