ކިހާދޫ އިންޖީނުގޭގެ ޖަނަރޭޓަރުތައް މަރާމާތު ކުރަން ފަށައިފި

ކިހާދޫ އިންޖީނުގެއިން މީހަކު ނުކުންނަނީ: އެ އިންޖީނުގޭގައި ބޭނުން ކުރާ މައި ޖަނަރޭޓަރު މައްސަލަ ޖެހި މިދިޔަ ދެ ހަފްތާއެއްހާ ދުވަހު ރަށުގެ ރައްޔިތުންނަށް ކަރަންޓް ދިނުމުގައި ދަތިކަތެއް ފޯރާފައިވޭ: ފޮޓޯ: އަބްދުލްޤައްޔޫމް

ބ. ކިހާދޫ އިންޖީނުގޭގައި މައްސަލަ ޖެހި ބޭނުން ނުކުރެވި ހުރި ޖަނަރޭޓަރުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކިހާދޫ އޮފީހުން ބުނީ ހަލާކުވެފައިވާ 2 ޖަނަރޭޓަރާއި އަލަށް ލިބިފައިވާ 50 ކިލޯވޮޓްގެ ޖަނަރޭޓަރ މަރާމާތު ކުރުމުގެ މަސައްކަތް ފެށީ އިއްޔެ ކަމަށާއި މި ކަމަށް ރައްޔިތުންގެ މާލިއްޔާއިން 80،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނޭ ކަމަށެވެ.

ކިހާދޫ އިންޖީނުގޭގައި ބޭނުން ކުރަމުން ދިޔަ ޖަނަރޭޓަރުގެ ތެރެއިން 2 ޖަނަރޭޓަރު މައްސަލަ ޖެހި ރަށަށް ކަރަންޓް ދިނުމުގައި ބޮޑެތި ދަތިތަކެއް ފޯރަމުން ދާތާ 2 ހަފްތާއެއްހާ ދުވަސްވެފައިވާ ކަމަށް ކިހާދޫ އޮފީހުން ބުނެ އެވެ.

ކިހާދޫ ބޮޑު ކަތީބު އަބްދުﷲ ނަސީމް ވިދާޅުވީ މިދިޔަ 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަށުގެ އާންމުންނަށް ބޮޑެތި ދަތިތަކެއް ފޯރިކަމުގައި ވިޔަސް ކުރިޔަށް އޮތް 2 ދުވަހެއްގެ ތެރޭގައި މަރާމާތަށް ފަހު ކަރަންޓްގެ ހާލަތު ރަނގަޅު ވާނޭ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

“ގަބޫލް ކުރަން ބޮޑެތި ދަތިތަކެއް ފޯރާނެ ކަމަށް. އެހެން ނަމަވެސް މަރާމާތަށް ފަހު 2 ދުވަހެއްގެ ތެރޭގައި އާންމު ހާލަތަކަށް އަންނާނެ ކަމަށް އުއްމީދު ކުރެވެނީ.”

ނަސީމް ވިދާޅުވީ ރައްޔިތުންގެ މާލިއްޔާއިން މަރާމާތު ކުރަން ޖެހުނީ އެހެން އެއްވެސް ގޮތެއް އަދި ނެތިގެން ކަމަށާއި އެހެން ނަމަވެސް މި ކަމަށް އެދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ފޮނުވާފައި ވާނޭ ކަމަށެވެ.

420 މީހުންގެ އާބާދީއެއް އޮތް ކިހާދޫގައި ރައްޔިތުންގެ ކަރަންޓްގެ ނަމުގައި އެންމެ ފުރަތަމަ ކަރަންޓް ދޭން ފަށާފައި ވަނީ 1992 ގަ އެވެ.

5 ކިލޯވޯޓްގެ ޖަނަރޭޓަރަކުން ފެށި މި ހިދްމަތް މިހާރު ވަނީ 40 ކިލޯވޮޓަށް ވުރެ މައްޗަށް ޖައްސާފައި ކަމަށް ކިހާދޫ އޮފީހުން ބުނެ އެވެ.

ބ. އޭދަފުށިން އަބްދުލްގައްޔޫމް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.