އިންވިޓޭޝަން ކަޕް: ދޮންފަނާއި ކިހާދޫއަށް ހަމަހަމަ ފެށުމެއް

އިންވިޓޭޝަން ކަޕްގައި މިއަދު ކިހާދޫ އާއި ދޮންފަނު މެޗް ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިންނާ ސަލާމް ކުރަނީ
އިންވިޓޭޝަން ކަޕްގައި މިއަދު ކިހާދޫ އާއި ދޮންފަނު މެޗް ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިންނާ ސަލާމް ކުރަނީ

އަތޮޅުގެ ރަށްތަކަށް ދައުވަތު ދީގެން “ދޮންފަނު އިންވިޓޭޝަން ކަޕް” 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ހުޅުމުވުމުގެ ގޮތުން މިއަދު ދޮންފަނާއި ކިހާދޫ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ. މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 1-1 އިންނެވެ.

މެޗުގެ ފުރަތަމަ ގޯލް ފުރަތަމަ ހާފްގައި ޖެހީ ދޮންފަނުންނެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު އިޔާޒް އެވެ. ނަމަވެސް ކިހާދޫ ޓީމުން ވަނީ މެޗުގެ ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލު ކިހާދޫ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޙުސައިން އިކްލީލް އެވެ. މި މެޗުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފައެވެ. އަމިއްލަ ފަސްގަނޑުގައި ދޮންފަނުން މިއަދުގެ މެޗުގައި ވަނީ މޮޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

15697735_1801464430141560_2513783378584943314_n

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޅޮހާއި އަދި ދަރަވަންދޫއެވެ. މި މުބާރާތް ކުރިއަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ފައިނަލަށް ދާގޮތަށެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ދެވަނަ އަދި ތިންވަނައަށް ދާޓީމުގެ މެދުގައި ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. މި މުބާރާތުގައި ޖުމްލަ ފަސް ރަށަކުން ވަނީ ބައިވެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.