ސެންޓޭގެ ޝުކުރު ޓީސީއަށް

ޓީސީ އާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗެއްގައި ސެންޓޭ ބޯޅަ ކުރިޔަށް ފޮނުވާލަނީ
ޓީސީ އާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗެއްގައި ސެންޓޭ ބޯޅަ ކުރިޔަށް ފޮނުވާލަނީ

ނިމިގެންދިޔަ ފުޓްބޯޅަ ސީޒަނުގައި ޓީސީގައި މޮޅު ކުޅުމެއް ދެއްކި ޢަލީ ފާސިރު (ސެންޓޭ) ޓީސީ ސްޕޯޓްސް ކްލަބަށް ޝުކުރު އަދާކޮށްފިއެވެ. އަންނަ ސީޒަނުގައި ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާ ސެންޓޭ ޓީސީ އަށް ޝުކުރު އަދާކުރީ އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައެވެ.

ސެންޓޭގެ މެސެޖުގައި ކްލަބްގެ ހުރިހާ ފަރާތްތަކަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ސެންޓޭ ޓީސީއަށް ބަދަލުވިއިރު ކްލަބްގައި އިސްކޮށް އުޅުއްވި ޓީސީގެ ކުރީގެ ޗެއަރމަން އަޙްމަދު ނަޝީދު (ޑޭވް) އާއި ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ދެއްވި އެހީތެރިކަމަށް ސެންޓޭގެ ޝުކުރު ހާއްސަކޮށްފައިވެއެވެ.

” ކްލަބަށް ޝުކުރު އަދާކުރަން. ހާއްސަކޮށް ޑޭވް އަދި ކޯޗު ނިޒާމްބެއަށް. ނިޒާމްބެގެ ކުޅުވުމުގެ ސްޓައިލްއާ އަހަރެންގެ ކުޅުމާ އެއްގޮތް ވީމަ ސީޒަންގެ މި ކުޅުން ދެއްކުނީ. މިއީ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް އެންމެ މޮޅަށް ކުޅެވުނު ސީޒަން ” ސެންޓޭ ބުނެފައިވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތްތާނގައި އަދިވެސް ޓީސީއަށް ކުޅެން ޝައުގުވެރިވާކަންވެސް ސެންޓޭ ވަނީ ހާމަކޮށްފައެވެ. މިސީޒަނުގައި ސެންޓޭ ވަނީ ޓީސީއަށް 33 ގޯލު ކާމިޔާބުކޮށްދީފައެވެ. ސީޒަނުގެ ހުރިހާ މުބާރާތެއްގެ ދެވަނަ ޓީސީން ހޯދުމުގައި އޭނާ ވަނީ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މި ސީޒަނުގައި އެންމެ ގިނަ ގޯލް ޖަހައިގެން ރަންބޫޓުވެސް ހޯދާފައިވަނީ ސެންޓޭ އެވެ. އަދި މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައިވެސް ސެންޓޭ ވަނީ ހިމެނިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.