އިންވިޓޭޝަން ކަޕް: މާޅޮސް ބަލިކޮށް ދަރަވަންދޫއަށް ރަގަޅު ފެށުމެއް

އިންވިޓޭޝަން ކަޕުގައި މިއަދު މާޅޮހާއި ދަރަވަންދޫ ބައްދަލުކުރި މެޗްގެ ތެރެއިން
އިންވިޓޭޝަން ކަޕުގައި މިއަދު މާޅޮހާއި ދަރަވަންދޫ ބައްދަލުކުރި މެޗްގެ ތެރެއިން

އަތޮޅުގެ ރަށްތަކަށް ދައުވަތު ދީގެން “ދޮންފަނު އިންވިޓޭޝަން ކަޕް” 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗުގައި މާޅޮހާއި ބައްދަލުކުރި މެދު ފަސޭހަ ކަމާއިއެކު ދަރަވަންދޫ ކާމިޔާބުކޮށްފިއެވެ. މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗު ދަރަވަންދޫ ކާމިޔާބު ކުރީ 5-1 އިންނެވެ.

މެޗުގައި ދަރަވަންދޫ ޓީމުން ޖެހި ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗު ފެށިގެން ފުރަތަމަ ފަސް މިނިޓުތެރޭ ދަރަވަންދޫން ވަނީ ދެގޯލުގެ ލީޑެއް ނަގާފައެވެ. މި ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޙުސައިން ޔައުރީފް އެވެ. ދަރަވަންދޫން ނެގި ދެގޯލުގެ ލީޑު 23 ވަނަ މިނިޓުގައި މާޅޮހަށް ކުޑަކޮށްދިނީ އެޓީމުގެ ނާހީ ވަހީދެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަރަވަންދޫ ޓީމުގެ ޙުސައިން ނަސީމް ވަނީ އިތުރު ދެގޯލު ޖަހާ ލީޑު ފުޅާކޮށްފައެވެ. މެޗުގައި ދަރަވަންދޫގެ ފަސްވަނަ ގޯލު ދެވަނަ ހާފު ފެށިތަނާ ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ޙަސަން ނާސިފް އެވެ. މުޅި މެޗުގައިވެސް ދަރަވަންދޫން ވަނީ މޮޅަށް ކުޅެ މާޅޮސް ގޯލަށް ނުރައްކާ ކޮށްފައެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅެވޭނީ އަންނަ ހޯމަ ދުވަހުއެވެ. މިމެޗުގައި ބައްދަލުކުރާނީ ކިހާދޫ އަދި މާޅޮހެވެ. މުބާރާތުގައި ކޮންމެ ޓީމަކުންވެސް މިހާތަނަށް އެއްމެޗު ކުޅެފައިވާއިރު 3 ޕޮއިންޓާއި އެކު އެންމެ ކުރީގައި އުޅެނީ ދަރަވަންދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.