ކްލަބް ވެލެންސިޔާގައި ކާމިޔާބު ސީޒަނެއް ހޭދަކުރުމަށްފަހު އޭދަފުއްޓަށް އުފަން ޝާފިއު އަޙްމަދު (ޝާފީ) މިއަދު ކައިވެނިކޮށްފިއެވެ.
ޝާފީ ކައިވެނި ކޮށްފައިވަނީ ރެޑްވޭވް ސަލީމަށް ބޮޑުބޭބެ ކިޔާ މިރަށު ރެޑްލީފް މަރްޔަމް ނަޝާ އާއެވެ. ޝާފީގެ ކައިވެނި ޕާޓީ ބާއްވާފައިވަނީ މިއަދު ހަވީރު ބޭވޮޗް ރެސްޓޯރެންޓް ގައެވެ.
ކްލަބް ވެލެންސިޔާގެ ކެޕްޓަންގެ ގޮތުގައި ޝާފީ ވަނީ ނިމިގެން ދިޔަ ސީޒަނުގައި އެޓީމަށް އެފްއޭކަޕް ކާމިޔާބުކޮށްދީފައެވެ. މި ކާމިޔާބީއާއިއެކު ވެލެންސިޔާއަށް އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޕްލޭއޮފް ކުޅުމުގެ ފުރުސަތުވެސް ވަނީ ލިބިފައެވެ. ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ޝާފީއަކީ ރާއްޖޭގައި އުފެދުނު މޮޅެތި ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.
ޝާފީގެ ކައިވެންޏަށް “އީޓީ” ގެ ފަރާތުން މަރުހަބާ ކިޔަމެވެ.