އަމިއްލަފުއްޓާއި ފިނޮޅު ރިސޯޓު ގުޅިގެން ފިޔަވަތީގައި އުޅޭކުދިންނަށް ހަދިޔާ ބަހައިފި

"ފިޔަވަތި" ގައި ދިރިއުޅޭ ކުދިންނަށް ހަދިޔާ ބެހުމަށް އަމިއްލަފުށި ރިސޯޓާއި ފިނޮޅު ރިސޯޓުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން—ފޮޓޯ / ނަސްރުﷲ
“ފިޔަވަތި” ގައި ދިރިއުޅޭ ކުދިންނަށް ހަދިޔާ ބެހުމަށް އަމިއްލަފުށި ރިސޯޓާއި ފިނޮޅު ރިސޯޓުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން—ފޮޓޯ / ނަސްރުﷲ

ބ. އަތޮޅުގައި ހިންގަމުން އަންނަ އަމިއްލަފުށި ރިސޯޓާއި ފިނޮޅު ރިސޯޓު އަދި ރާއްޖޭގެ ބައެއް ޓްރެވަލް އެޖެންޓުން ގުޅިގެން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ “ފިޔަވަތި” ގައި ދިރިއުޅޭ ކުދިންނަށް ހަދިޔާ ބަހައިފި އެވެ.

“ހެލްޕް އަ ޗައިލްޑް ސްމައިލް” މި ޝިއާރުގެ ދަށުން ކުޑަކުދިންގެ ހަވީރަކާއިއެކު އިއްޔެ ފިޔަވަތީގައި ކުރިއަށް ގެންދިޔަ ކުޑަ ރަސްމިއްޔާތެއްގައި މި ދެ ރިސޯޓާއި ޓްރެވަލް އެޖެންޓުންގެ ފަރާތުން އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ހިޔާއާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ފަރާތްތަކުން ވަނީ ކުދިންނާއި އެކު ވަގުތު ހޭދަކޮށްފަ އެވެ.

"ފިޔަވަތި" ގައި ދިރިއުޅޭ ކުދިންނަށް ހަދިޔާ ބެހުމަށް އަމިއްލަފުށި ރިސޯޓާއި ފިނޮޅު ރިސޯޓުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން—ފޮޓޯ / ނަސްރުﷲ
“ފިޔަވަތި” ގައި ދިރިއުޅޭ ކުދިންނަށް ހަދިޔާ ބެހުމަށް އަމިއްލަފުށި ރިސޯޓާއި ފިނޮޅު ރިސޯޓުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން—ފޮޓޯ / ނަސްރުﷲ

ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީން ހިންގާ އަމިއްލަފުށި އަދި ފިނޮޅު ރިސޯޓުގެ ސީނިއާ ސޭލްސް މެނޭޖަރު ނަސްރުﷲ އާދަމް “އީޓީ” އާ ވާހަކަދައްކަވަމުން ވިދާޅުވީ ހިޔާގައި އުޅޭ ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ އުމުރާ ގުޅޭގޮތުން ހަދިޔާ ބަހާފައިވާނެ ކަމަށެވެ.

“އަޅުގަނޑުމެން ބޮޑަށް ކުދިންނަށް ބެހީ އެޑިއުކޭޝަނާ ގުޅުން ހުންނަ އުމުރާ ގުޅޭ ތަކެތި. ޓްރެވަލް އެޖެންޓުންވެސް ކުދިންނަށް ހަދިޔާ ބަހާފައިވަނީ ކުދިންގެ އުމުރާ ގުޅޭގޮތުން. އެކުދިންނާ ބައްދަލުވެ ވަގުތުކޮޅެއް ހޭދަކޮށްލެވުމުން ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ. އަޅުގަނޑުމެން އިނީޝިއޭޓް ނެގުމުން މިފަދަ ކަންކަން އެހެން ކޮމްޕެނީތަކުންވެސް ކުރިއަށް އޮތްތަނުގައި ކުރާނެކަމަށް އުއްމީދުކުރަން،”

ނަސްރުﷲ އިތުރަށް ވިދާޅުވީ މިފަދަ އެހީއެއް ހިޔާގައި އުޅޭ ކުދިންނަށް ފޯރުކޮށްދިނުމުގެ މަގްސަދަކީ އެ ކުދިންގެ އިހުސާސްތައް ގާތުންދެކި ކުދިންގެ ހެދިބޮޑުވުމުގެ މުހިއްމު ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިޖްތިމާއީ މިފަދަ އިތުރު ހަރަކާތްތައް ދެ ރިސޯޓުގެ ފަރާތުންވެސް ކުރިއަށް ގެންދާނެކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.