އިންވިޓޭޝަން ކަޕް: ކިހާދޫ ފައިނަލަށް، މާޅޮސް ކަޓައިފި

15727152_1804250129862990_6327805249753543778_n

އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބ. ދޮންފަނުގައި ކުރިއަށްދާ “ދޮންފަނު އިންވިޓޭޝަން ކަޕް” 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ދޮންފަނު އަތުން ބަލިވެ މާޅޮސް މުބާރާތުން ކަޓައިފިއެވެ.

މާޅޮހުގެ މައްޗަށް ދޮންފަނު ކުރި ހޯދީ 3-1 އިންނެވެ. މިމެޗުގައި ނުކުތް ނަތީޖާގެ ސަބަބުން ކިހާދޫއަށް ފައިނަލުގެ ޖާގައެއް ކަށަވަރުވީ ޖެހި ގޯލުގެ ތަފާތުން އެޓީމަށް އެއްވަނަ ލިބުމުންނެވެ.

މިއަދުގެ މެޗުގައި ދޮންފަނު ޓީމުގެ ފުރަތަމަ ގޯލު މެޗުގެ 10 ވަނަ މިނިޓުގައި ޖެހީ އަޙްމަދު އިޔާޒް އެވެ. ނަމަވެސް މާޅޮހުން ވަނީ މެޗުގެ 21 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ގޯލު ކާމިޔާބު ކުރީ މާޅޮސް ޓީމުގެ އުބައިދު ޙަސަން އެވެ. ނަމަވެސް އޭގެ އަށް މިނިޓު ފަހުން ދޮންފަނު ޓީމުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. މި ގޯލު ދޮންފަނު ޓީމަށް ކާމިޔާބު ކޮށްދިނީ ނަބީލް އެވެ. ދޮންފަނު ޓީމުގެ ފަހު ގޯލު 34 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޢަލީ ޝަރީފް އެވެ. މެޗުގެ 65 ވަނަ މިނިޓުގައި ދޮންފަނު ޓީމުގެ އަޙްމަދު ޝިފާޒް އަށް ވަނީ ރަތްކާޑު ދައްކާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ދޮންފަނު ޓީމަށް ފުރަތަމަ ގޯލު ޖަހައިދިން އަޙްމަދު އިޔާޒް އެވެ.

ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމުނުއިރު ކިހާދޫ، ދޮންފަނު އަދި ދަރަވަންދޫއަށްވެސް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ކިހާދޫއަށް އެއްވަނަ ލިބޭއިރު ދެވަނަ ލިބެނީ ދަރަވަންދޫއަށެވެ. ދޮންފަނަށް ތިންވަނަ ލިބުނު އިރު މާޅޮސް މުބާރާތުން ކެޓީ ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވެއެވެ. މި މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މާދަމާ ދަރަވަންދޫއާއި ދޮންފަނު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ ތިންވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.